ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2025/127
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 21:04
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 201 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 201

ބައްދަލުވުމުގެ ބާވަތް:

ކުއްލި ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

13 އޮގަސްޓު 2025

ބައްދަލުވުން ބޭއްވި ގަޑި:

10:00

 

 

ނިންމުންތައް

  1. މިހިނދާށް ރަށުގެ އެކިސަރަހައްދުން މަގުހެދުމަށް ބަދަލުދެވިފައިވާ ރުއްގަސް ނީލަންކިޔައި ބިންސާފުކުރުމަށް ނިންމުނު.
  2. ޤައުމީ ގުރުއާން މުބާރާތައް ހޮވިފައިވާ ދަރިވަރު މުބާރާތައް ތައްޔާރުކުރުމުގެ ގޮތުން ކުލާސްތައްނެގުމަށާއި ހިރިލަންދޫއިން ކުލާސްނެގުމަށް 3 ކުލާހުގެ ދަތުރު ޙަރަދު ހަމަޖެއްސުމާއި އޮންލައިން 12 ކުލާސް ނެގުމުގެ ހަރަދުތައް ކައުންސިލްގެ ބަޖެޓުން ހަމަޖެއްސުމަށް ނިންމުނު.
  3. ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހަވާލުކުރެވިފައިވާ ތާރީޙްތައް ބެލުމަށް މިނިސްޓްރީއަށް ފޮނުވިފައިވާ ސިޓީގެ ޖަވާބު ލިބުމުން ފުޓްސަލްދަނޑުގެ ނުނިމިހުރި މަސައްކަތްތައް ކައުންސިލްގެ ބަޖެޓުން ކުރުމާއިމެދު ގޮތެއްނިންމުމަށް ކައުންސިލްގެ ބައްދަލުވުމަކަށް އެޖެންޑާކުރުމަށް ނިންމުނު.

 

13 އޮގަސްޓް 2025