ދިވެހިރާއްޖެ
އިޢުލާން
އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ހޯދުމާއި ގުޅޭ
1447 ވަނަ އަހަރުގެ ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ތަރާވީޙްނަމާދު ކުރާނެ ޙާފިޡުން ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙްނަމާދު ކުރުމަށް ބޭނުންވާ ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ.
މިގޮތުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙްނަމާދު ކުރުމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމު ފުރިހަމަކޮށް ލިޔުންތަކާއެކު 10 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އެގޮތުން ދިވެހި ޙާފިޡުން ހުށަހަޅާނީ
- ދިވެހި ޙާފިޡުން ޙިފްޡުކޮށް އިމާމުވެ ތަރާވީޙްނަމާދު ކުރުމަށް ހުއްދައަށް އެދޭ ފޯމް
އަދި ރާއްޖެއިން ބޭރުގެ ޙާފިޡުން ހުށަހަޅާނީ
- ރާއްޖެއިން ބޭރުގެ ޙާފިޡުން ޙިފްޡުކޮށް އިމާމުވެ ތަރާވީޙްނަމާދު ކުރުމަށް ހުއްދައަށް އެދޭފޯމް
ފޯމް މިކައުންސިލް އިދާރާގެ ކައުންޓަރުން ލިބޭނެއެވެ. އަދި މިއިޢުލާނާއެކު ގެޒެޓް ކުރެވި ފައިވާނެއެވެ.
އެލަވަންސް:
- އިމާމުވެ ޙިފްޡުކޮށް ތަރާވީޙްނަމާދު ކުރައްވާ ދިވެހި ޙާފިޡަކަށް ކޮންމެ ރެއަކަށް 500.00ރ (ފަސްސަތޭކަ ރުފިޔާ)
- އިމާމުވެ ޙިފްޡުކޮށް ތަރާވީޙްނަމާދު ކުރައްވާ ބޭރުގެ ޙާފިޡަކަށް ކޮންމެ ރެއަކަށް 200.00ރ (ދުއިސައްތަ ރުފިޔާ)
މީގެއިތުރުން މިކައުންސިލުން ރަށުންބޭރުން އަންނަ ދިވެހި އަދި ބޭރުގެ ޙާފިޡުންނަށް ހުރުމާއި ކެއުން ލިބޭނެއެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ބޭރުގެ ޙާފިޡަކަށް ދެކޮޅު ޓިކެޓް އަދި ވިސާ ހަމަޖައްސަވައި ދެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.