ދިވެހިރާއްޖެ
ނަންބަރު: (IUL)354/354/2025/37
އިޢުލާނު
އދ.ދިއްދޫ ރައްވެހިގެ މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ
ކައުންސިލް އިން ބައެއް ތަކެތި ދިނުމުން ރައްވެހިގޭ ކޮޓަރިތަކާއި ފާހާނާތައް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 ޑިސެމްބަރ 2025 (އަންގާރަ) ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ ފޯން ނަންބަރު 6680057 އަށް ގުޅުއްވައިގެން، ނުވަތަ ވައިބަރ ނަންބަރު 9214054 އަށް މެސެޖުކުރައްވައިގެން ނުވަތަ ރަސްމީގަޑީގައި ކައުންސިލަށް ދުރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓް ކުރާ ފަރާތްތަކަށް ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ވިޔަފާރިތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ.
|
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް |
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުމަށް |
|
16 ޑިސެމްބަރ 2024 (އަންގާރަ) ދުވަހުގެ 13:00 ގެ ކުރިން |
17 ޑިސެމްބަރ 2025 (ބުދަ) ދުވަހުގެ 10:00 ގައި |
28 ޑިސެމްބަރ 2025 (އާދީއްތަ) ދުވަހު 10:00 އަށް |
އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ނަންނޯޓްނުކުރައްވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6680057 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.