ދިވެހިރާއްޖެ
އިޢުލާން
ދެ އެމްބިއުލާންސް ވޭން ސިޓީލާ ނީލަމުގައި ވިއްކާލުން
މި އިދާރާގައި ބޭނުންކުރަމުން ގެންދިޔަ 2 އެންބިއުލާންސް ސިޓީލައި ނީލަމުގައި ވިއްކާލަމެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 05 ޑިސެންބަރ 2025 ވަނަ ދުވަހުން ފެށިގެންނެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން އަގުހުށައެޅުމަށް މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ " NL04 ސިޓީން އަގުހުށައަޅާ ފޯމް" ފުރިހަމަ ކޮށް، ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 12:00ގެ ކުރިން މި އިދާރާގެ ކައުންޓަރަށް ނުވަތަ މިއިދާރާގެ މެއިލް: [email protected] އަށް މެއިލް ފޮނުއްވައި ދެއްވުން އެދެމެވެ. ކޮންމެ ދުވަހެއްގެ 12:00 އާއި ހަމައަށް ހުށައެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 14:00 ގެ ކުރިން މިމަރުކަޒުގެ ފޭސްބުކް ޕޭޖްގައި އާންމުކުރެވޭނެއެވެ.
ވެހިކަލް ބައްލަވާ ލެއްވުމަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 ން 11:00ށް މި އިދާރާއަށް ވަޑައިގަތުމުން ވެހިކަލް ދައްކާލުމުގެ އިންތިޒާމް ހަމަޖައްސަވައި ދެވޭނެއެވެ.
ނީލަމަށް ހުށައެޅޭއަގު ޖެހިޖެހިގެން 3 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގަށް ނީލާން ނިންމާލެވޭނެއެވެ. ނީލަމުގައި އެންމެ މަތީއަގު ހުށައަޅައިގެން ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމޭދުވަހުން ފެށިގެން ރަސްމީ 03 ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދެއްކެވުމުން ނީލަން ކާމިޔާބު ކުރި ފަރާތާއި ވެހިކަލް ހަވާލު ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާތިލް ކުރެވޭނެއެވެ. އަދި އިއުލާނާއި ގުޅިގެން 12 ޑިސެމްބަރު 2025ގެ ނިޔަލަށް އެއްވެސް ފަރާތަކުން އަގު ހުށައަޅާފައި ނުވާނަމަ މި އިއުލާން ބާތިލް ކުރެވޭނެއެވެ.
|
ވެހިކަލް ނަންބަރު |
ނީލަން ފަށާއަގު |
ނީލަމަށް އިތުރުކުރެވޭނެ އެންމެ ކުޑައަގު |
|
CB1A G4716 |
13,300.00 ރިފިޔާ |
100.00 ރުފިޔާ |
|
CB1A G4785 |
13,300.00 ރިފިޔާ |
100.00 ރުފިޔާ |
15 ޖުމާދަލް އާޙިރާ 1447
05 ޑިސެމްބަރ 2025