ދިވެހިރާއްޖެ
|
މަޤާމް |
އެސިސްޓެންޓް ލައިބްރޭރިއަން (ކޮންޓްރެކްޓް) |
|
މަޤާމުގެ ނަންބަރު: |
- |
|
ބޭނުންވާ ޢަދަދު: |
1 |
|
މަޤާމުގެ ގިންތި: |
ވަގުތީ - 06 މަސްދުވަސް (ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން ވިހެއުމުގެ ޗުއްޓީގައި ހުންނަ މުވައްޒަފު ޗުއްޓީ ނިމޭ ދުވަހާ ހަމައަށް) - މި އިޢުލާނުގެ ދަށުން ހޮވޭ މުވައްޒަފުން އެ މުވައްޒަފުންނާއެކު ހަދާފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވި ނަމަވެސް، މުވައްޒަފު ގެންގުޅެންޖެހޭ ހާލަތު ދެމިއޮވެއްޖެނަމަ، އިތުރު އިޢުލާނެއް ކުރުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުމުގެ ޖުމްލަ މުއްދަތު 2 (ދޭއް) އަހަރު ދުވަހަށްވުރެ އިތުރުނުވާ ގޮތަށް، އެއްބަސްވުމުގެ މުއްދަތު އިތުރުކުރަމުން ގެންދެވިދާނެއެވެ. (ސިވިލް ސަރވިސް ޤަވާއިދު 2014 ގެ 112 ވަނަ މާއްދާގެ (ރ) ). |
|
ރޭންކް |
ޖީ.އެސް 4 |
|
ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އދ. ދިގުރަށު ކައުންސިލްގެ އިދާރާ/ އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން |
|
މުސާރަ: |
8505/- ރ |
|
ޖޮބް އެލަވަންސް: |
2555/- ރ |
|
އެހެނިހެން އެލަވަންސް: |
- ދިވެހިރާއްޖޭގެ ޕެންސަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. - ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް - ހާޟިރުވާ ކޮންމެ ދުވަހަކަށް ދޭ އެޓެންޑެންސް އެލަވަންސް (ދުވާލަކަށް -/70) |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
|
މަޤާމުގެ ޝަރުޠުތައް: |
ކޯ ޑިސިޕްލިން: ލައިބްރަރީ ސައިންސް މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ލައިބްރަރީ ސަރވިސަސް |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
5.1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމްދޭ، ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ 5.2- ރާއްޖޭގެ މަތީތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ 6. މަސައްކަތުގެ ތަޖުރިބާ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ؛ 6.1- ސިވިލްސަރވިސް ވަޒީފާއެއްގައި ނުވަތަ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 6.2- ސިވިލްސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 6.3- އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ، އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 6.4- ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް، އެތަނަކުން ދޫކޮށްފައިވާ ލިޔުން: (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ، މުސާރަ ދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. 6.5- ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލެވިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ، ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ " އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް" |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: މަޤާމަށް އައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން ޖުމްލަ %60 (ފަސްދޮޅަސް އިންސައްތަ) އަށްވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ. |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
އިންޓަވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު އަދި އިންޓަރވިއު އޮންނާނީ 16 ޑިސެމްބަރ 2025 އާއި 24 ޑިސެމްބަރ 2025 އާ ދެމެދުގައެވެ. އިމްތިހާން އަދި އިންޓަރވިއު އޮންނާނެ ތަނާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ޙާޒިރުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
|
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) ޢާންމު ކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް)" ޢާންމުކޮށް ފެންނާނޭހެން މި އިދާރާގެ ނޯޓިސްބޯޑުގައި އަދި މި އިދާރާގެ ފޭސްބުކް ޕޭޖާއި، ވައިބަރ ކޮމިއުނިޓީ ގުރޫޕްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680631 ނުވަތަ 9593939 ނަންބަރަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑު ތަކާއި އުޞޫލުތައް > " ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
|
|
14 ޖުމާދުލްއާޚިރު 1447 04 ޑިސެމްބަރ 2025 |
|