މަސައްކަތް
ނަންބަރު: (IUL)94-Q/94/2025/73
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 14 ޑިސެންބަރު 2025 11:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް އިމާރާތް (އައްޑޫ ސިޓީ، މަރަދޫ) ސާފުކުުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް.

އިޢުލާން

ޕްރޮޖެކްޓް ނަންބަރ:PC-942025W-46

އަންދާސީ ހިސާބު ބޭނުންވެއްޖެ

  1. މޯލްޑިވްސް އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް އިމާރާތް (އައްޑޫ ސިޓީ، މަރަދޫ) ސާފުކުުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv  04 ޑިސެންބަރު 2025 އިން ފެށިގެން ލިބެން ހުންނާނެއެވެ. އަދި މި ބިޑް އާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  3. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 08 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.  
  4. ބީލަން ހުށައެޅުން އޮންނާނީ 14 ޑިސެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 11:00:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ޑިވިޜަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑުތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިވިޜަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330464, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

04 ޑިސެންބަރު 2025