ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)278/278/2025/49
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 17 ޑިސެންބަރު 2025 14:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ނަރުދޫ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

 2026 ވަނަ އަހަރު ނަރުދޫ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާއަކީ 2025 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިންނަށެވެ. އެހެންކަމުން، 2026 ވަނަ އަހަރު ބޭބީ ނާސަރީ ކްލާހަށް ދަރިވަރުން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން މި އިދާރައިން އެޕްލިކޭޝަން ފޯމު ނަންގަވައި ފުރިހަމަކުރެއްވުމަށް ފަހު 2025 ޑިސެންބަރު 17 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފޯމު ހުށައެޅުއްވުމަށް ދަންނަވަމެވެ. ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް މި އިދާރާގައި ހަމަޖެހިފައިވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރަމެވެ.

03 ޑިސެންބަރު 2025