މަސައްކަތް
ނަންބަރު: (IUL)285-MIM/285/2025/96
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 07 ޑިސެންބަރު 2025 14:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ފުޓްސަލްދަނޑުގައި ލައިވްޕޯސްޓެއް ހެދުމާއިގުޅޭ

އިޢުލާން

ހެނބަދޫ ފުޓްސަލްދަނޑުގައި ލައިވްޕޯސްޓެއް ހެދުމާއިގުޅޭ

        ހެނބަދޫ ފުޓްސަލްދަނޑުގައި ކުރިއަށްގެންދެވޭ މެޗްތައް ލައިވްކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ލައިވް ޕޯސްޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިއިދާރާއިން ފޯރުކޮށްދޭ މައުލޫމާތު ޝީޓާއި އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހު 14:00ގެ ކުރިން މއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 08 ޑިސެންބަރ 2025 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލް އިދާރާއަށް ދުރުވެ އަގު ހުށަހަޅާ ފޯމް މެދުވެރިކޮށް އަގު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ހުށަހަޅުއްވާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

       މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ، އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިއިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު(ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

      މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ޖުމާދަލްއާޚިރާ 1447

 

03 ޑިސެންބަރު 2025