މަސައްކަތް
ނަންބަރު: (IUL)233-CA/233/2025/22
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 18 ޑިސެންބަރު 2025 13:30
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު ލޯންޗު"މާވަރު" ގައި އިންޖީނުއަޅައި ރަނިންގ ކަންޑިޝަނަށް ގެނައުން

  1. އަތޮޅު ލޯނަޗު "މާވަރު"ގައި ދެ އިންޖީނު އަޅައި، ރަނިންގ ކަންޑިޝަނަށް ގެނަސްދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ. ވީމާ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް، ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، ދިވެހި ވިޔަފާރިތަކަށެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2025 ޑިސެމްބަރ 09 ވަނަ ދުވަހުގެ، 14:00ގެ ކުރިން، [email protected] އަށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ހުށަހަޅައި ރަޖިސްޓްރީވުން އެދެމެވެ. "ބިޑް ރަޖިސްޓްރޭޝަން ފޯމް" އިޢުލާނާ އެޓޭޗްކޮށްފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުން ވެސް ފޯމު ލިބިވަޑައިގަންނަވާނެ އެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، ބިޑްޑޮކިއުމެންޓް / މަސައްކަތުގެ މަޢުލޫމާތު ކަރުދާސް ދޫކުރާނެއެވެ.
  4. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން، 2025 ޑިސެމްބަރ 14 ވަނަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލް ކުރައްވައި، ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.

5. 2025 ޑިސެމްބަރ 14 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ 17 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދނު 9:00 ން 14:00 އަށް އަންދާސީ ހިސާބު މި އިދާރާއިން ބަލައިގަންނާނެ އެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2025 ޑިސެމްބަރ 18 ވަނަ ދުވަހުގެ 13:30އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.

6. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2025 ޑިސެމްބަރ 18، ވަނަ ދުވަހުގެ، 13:40 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.

7. އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް މާކްސްދޭނެގޮތުގެ ތަފްސީލު ބިޑް ޑޮކިއުމެންޓުގައި ހިމެނިފައިވާނެ އެވެ.

03 ޑިސެންބަރު 2025