ދިވެހިރާއްޖެ
މި އިދާރާއިންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ކަނބަޑު ފިލާ ބޭނުންކޮށްގެން މި އިދާރާގެ އެކި ސެކްޝަންތަކުގައި ފައިލިންގ ކެބިނެޓް ހަދައި ހަރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުރުވެރިވާ ފަރާތްތަކަށް މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތަށް ކޯޓޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 07 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރުމުގެ މުއްދަތު ނިމުމުން ރަސްމީ 1 ދުވަސް ތެރޭގައި ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް މި މަސައްކަތާއިގުޅޭ އެންމެހާ ލިޔެކިޔުންތައް މެއިލް ކުރެވޭނެއެވެ. އަދި ކައުންސިލްގެ އިދާރާއިން މި ލިޔެކިޔުންތަކުގެ ހާޑް ކޮޕީ އެފަރާތްތަކަށް ލިބެންހުންނާނެއެވެ. އަދި މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅިގެން ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
ކޯޓޭޝަން ހުށަހެޅުން އޮންނާނީ 10 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 11:00 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން އިދާރާއަށް އަންގަންވާނެއެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގައި މަސައްކަތުގެ ނަން، އިޢުލާނުގެ ނަންބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ނޯޓް: މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.