ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވެފައިވާ ކުމުންދޫ ފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުންނަގައި، އެ ޓީމް މުބާރާތައް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެފަރާތެއް ހޯދުމަށް 20 ނޮވެންބަރު 2025 ވަނަ ދުވަހު ކުރެވުނު ނަންބަރު: IUL)267-ESMS/267/2025/84) އިއުލާން ބާތިލްކޮށް މިކަމަށް އަލުން އިއުލާން ކުރަމެވެ.
ވީމާ، ކުމުންދޫ ފުޓްސަލް ޓީމް މެނޭޖްކުރުމަށް ޝަޢުޤުވެރިވެލައްވާ، ކުލަބު/ޖަމްޢިއްޔާތަކުން، (ހދ.ކުމުންދޫ އަށް ރަޖިސްޓްރީކޮށްފައިވާ) 11 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މި ޢިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ޕްރޮޕޯސަލް ތައްޔާރުކުރުމަށްފަހު [email protected] އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.