ދިވެހިރާއްޖެ
އަގު ކޮމިޓީ ގެ މެމްބަރުންގެ ދަފްތަރު
ޝަރުޢީ އަގުކުރުމާބެހޭ ޤަވައިދުގެ 9 ވަނަ މާއްދާގެ (ށ) އާއި ގުޅިގެން މިކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަގުކުރަންޖެހޭ ތަންތަން އަގު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަގު ކޮމިޓީގެ މެމްބަރުންގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއެވެ. އަގު ކުރުމުގެ މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ދުވާލަކަށް -/300ރ. (ތިންސަތޭކަ ރުފިޔާ)ގެ އުޖޫރައެއް ދެވޭނެއެވެ. އުޖޫރަ ދެވޭނީ މަސައްކަތްކުރާ ދުވަހަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތައުލީމީ ފެންވަރު ބަޔާންކޮށް އައިޑީކާޑްގެ ކޮޕީއާއެކު ސިޓީ އަކުން މިކޯޓަށް 14 ޑިސެމްބަރ 2025މ. ދުވަހުގެ 13:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
ވެބްސައިޓް : l-hithadhoo.courts.gov.mv
ފޯން: 6800631 / 6800632
މިހެންވެ، މިކަން ޢާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.
ހުޝާމާ ޢަލީ
ލ.މާވަށު ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓާރ