ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD/240/2025/79
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 04 ޑިސެންބަރު 2025 05:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ ކުރިއަށްހުރި މެޗުތައް ފަސްކުރުމާގުޅޭ

މިހާރު ހިނގަމުންދާ ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ ޤަވާއިދާ އެއްގޮތަށް ކުޅެމުންދާ ކުޅުންތެރިއަކަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފިޔަވަޅުއަޅާ އެކުޅުންތެރިޔާ ކުޅޭ މެޗްތަކުގައި ވޮލީބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރެފްރީންނަށް ރެފްރީކަން ނުކުރެވޭނެކަމަށް ރެފްރީންނަށާއި، މިކައުންސިލަށް އެ އެސޯސިއޭޝަނުން އަންގާފައިވާތީ ކުރިއަށް ހުރި މެޗްތައް ކުރިއަށް ގެންދިއުމަށް ރެފްރީންގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

މިކަން ހައްލުކުރުމަށްޓަކައި މިކައުންސިލުން މިގެންދަނީ މަސައްކަތް ކުރަމުންނެވެ. މިވަގުތު މެޗްތައް ކުރިއަށް ގެންދެވޭވަރަށް ރެފްރީން ނެތުމާއެކު މުބާރާތުގެ ކުރިއަށްހުރި މެޗްތައް ފަސްކުރުމަށް މުބާރާތު ކޮމެޓީންވަނީ ނިމާފައެވެ. އެހެންކަމުން މުބާރާތުގެ މެޗްތައް ދެންފެށޭނެ ތާރީޚެއް ފަހުން އިޢުލާން ކުރެވޭނެ ވާހަކަ ދަންނަވަމެވެ.  މިކަމާއި ގުޅިގެން ޓީމްތަކަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް މަޢާފަށް އެދެމެއެވެ.

02 ޑިސެންބަރު 2025