މަސައްކަތް
ނަންބަރު: (IUL)289/289/2025/73
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 15 ޑިސެންބަރު 2025 14:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު ހޯދުމާއި ގުޅޭ

1447 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލްފުރުޤާން މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ޙާފިޡަކު ރާއްޖެއިން ބޭރުން ގެންނަން ބޭނުންވެއެވެ. ވީމާ މިރަށަށް ޙާފިޡަކު ގެނައުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 15 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާގެ [email protected]  އީމެއިލްއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ޙާފިޡުން ގެންނަފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތަކާއި ޚަރަދުތަށް ހަމަޖައްސަންވާނެއެވެ. އަދި ހުށަހަޅާ ކޯޓޭޝަނުގައި ތިރީގައި ދަންނަވާފައިވާ މަޢުލޫމާތު ހިމަނަން ވާނެއެވެ.

  1. ދެކޮޅު ޓިކެޓް ޚަރަދު (ރާއްޖެ ގެނާއުމާއި، އެނބުރި ޤައުމަށް ދިއުމަށް ޚަރަދުވާނެ ވަރު)
  2. ޙާފިޘް ރަށާހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު އަދި މާލޭގައި ހުރުމާއި، ކެއުމުގެ ޚަރަދު
  3. ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރިކަމުގެ ލިޔުން
  4. ޙާފިޡު ރާއްޖޭގައި ހުންނަ ވަގުތު ބޭނުންކުރާނެ މޯބައިލް ސިމެއް ހޯދައިދޭނީ ޙާފިޡު ގެނެސްދޭ ފަރާތުން.
  5. ހާފިޡު ރާއްޖެއިން ފުރުމުގެކުރިން ދޭންޖެހޭ އެލަވަންސް ދިނުން
  6. ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ފޯނު ނަންބަރ، އައި.ޑީ ކާޑު ކޮޕީ (ކުންފުންޏެއްނަމަ ރަޖިސްޓަރީ ކޮޕީ)، ތަޖުރިބާގެ ލިޔުމެއް އޮތްނަމަ އެފަދަ ލިޔުމުގެ ކޮޕީ
  7. އެހެނިހެން (ޙާފިޘްއަށް ކޮށްދިނުމަށް ހުށަހަޅާ އެހެނިހެން ކަންކަން ކޯޓޭޝަންގައި ހިމެނުން އެދެން)

 

މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒޔބް ޢާއްމުކުރައްވާފައިވާ ނަންބަރު: (IUL)142-B1/142/2025/231 އިޢުލާނާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް 6563753 ނުވަތަ 9954440 ފޯނާއި ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ޑިސެންބަރު 2025