ދިވެހިރާއްޖެ
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2025 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް 100,000/- (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަގެއްގައި، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގައި ޕަބްލިކް އިންޓްރެސްޓް އެންޓިޓީ އޮޑިޓަރސްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓް ފަރމްއެއް ހަމަޖެއްސުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ދެންނެވިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން 11 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިން އީމެއިލް މެދުވެރިކޮށް، މި އިދާރާގެ އީމެއިލް، [email protected] އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުއްވުން. ކޮޕީ: [email protected] ޝައުޤްވެރިކަން ފާޅުކުރާ މަސައްކަތުގެ އިޢުލާން ނަންބަރު: 57-F/ML/IU/2025/71 ކުންފުނި/ވިޔަފާރީގެ ނަން: ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު: އީމެއިލް އެޑްރެސް: |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
|
ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް 12 ޖަނަވަރީ 2026 ވާ ހޯމަ ދުވަހު އީމެއިލް ކުރެވޭނެއެވެ. އަދި އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 25 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުންއެދެމެވެ. ސާފުކުރައްވަން އެދިލައްވާ މަޢުލޫމާތު ސާފުކޮށްދިނުމަށްފަހު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. އީމެއިލް: [email protected] ކޮޕީ: [email protected] |
މަޢުލޫމާތު ސާފުކުރުން |
|
ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތާރީޚާއި ގަޑި: 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |
ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި
|