ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2025/166
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 04 ޑިސެންބަރު 2025 12:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކް އެޅުމަށް ކަނޑައެޅިފައިވާ ބިމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމާއި ގުޅޭ

ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް 32 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން، ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ވަނީ ހަވާލުކުރެވިފައެވެ. މިމަޝްރޫއުގެ ތެރޭގައި ރ.މާކުރަތުވެސްވަނީ ހިމެނިފައެވެ. އަދި ޕާކް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ޕާކް އަޅާނެ ބިމެއް ކަނޑައަޅާ، ކަނޑައަޅަފައިވާ ބިމުގައި ޕާކް އެޅުމާއި މެދު އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލަމެވެ. ޕާކް އެޅުމަށް ކަނޑައަޅާފައިވާ ބިމަކީ ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ކުޑަކުދިންގެ ޕާކް އަޅަން ފާހަގަކޮށްފައިވާ ބިމެވެ. އަދި ބިން އިނގޭނެ ޗާރޓް މި އިޢުލާނާއެކު އާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަމާއި ގުޅޭ ގޮތުން ޚިޔާލު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 04 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ އިދާރާގެ މެއިލް [email protected] އަށް މެއިލް ކުރުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6582805 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޑިސެންބަރު 2025