ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)306/306/2025/71
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 10 ޑިސެންބަރު 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ރަސްމާދޫ ޕްރީސްކޫލަށް ވެއްދުމާއިގުޅޭ

ޢިޢުލާން 

2026 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ރަސްމާދޫ ޕްރީސްކޫލަށް ވެއްދުމާއިގުޅޭ

މިކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުންދާ ޕްރީސްކޫލަށް (ބޭބީ ނަރސަރީ، ނަރސަރީ) އަށް 2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް ކުދިން ވެއްދުމުގެ ފުރުޞަތު މިއަދުން ފެށިގެން 2025 ޑިސެންބަރު 10 ވާ (ބުދަ) ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލެވުނު ވާހަކަ ދަންނަވަމެވެ.

ޕްރީސްކޫލަށް އަލަށް ވައްދާ ކުދިންގެ އުމުރުފުރާތަކާއި ޕްރީސްކޫލަށް ކުދިން ވެއްދުމުގައި ބަލާނެ މިންގަނޑުތައް ތިރީގައި އެވަނީއެވެ.

ބޭބީ ނަރސަރީ އަށް ވައްދާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 27 އަށް ތިރީގައިވާ ތާވަލުގައިވާ ގޮތަށް އުމުރު ހަމަވާކުދިންނެވެ. ނާސަރީއަށް ވައްދާނީ ނުވަތަ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 އަށް ތިރީގައިވާ ތާވަލުގައިވާ ގޮތަށް އުމުރު ހަމަވާކުދިންނެވެ.

ގްރޭޑް

2026 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު ފުރާ

 ބޭބީ ނަރސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

 ނަރސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

        ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޑިސެންބަރު 2025