ކުއްޔަށް ހިފުން
ނަންބަރު: GS210/IUL/2025/15
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި:
15 ޑިސެންބަރު 2025 13:00
އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރު އުނގޫފާރު ސްކޫލަށް ގުދަނެއްކުއްޔަށްދޭނެ ފަރާތެއް ހޯދުން
ނަންބަރު: GS210/IUL/2025/15
ޢިއުލާން
2026 ވަނަ އަހަރު އުނގޫފާރު ސްކޫލަށް ގުދަނެއްކުއްޔަށްދޭނެ ފަރާތެއް ހޯދުން.
- 2026 ވަނަ އަހަރު މި ސްކޫލުގެ ބޭނުމަށް ގުދަނެއް ކުއްޔަށް ދޫކުރުމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 02 ން 2025 ޑިސެމްބަރ 07 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ."ބިޑް ރަޖިސްޓްރީ ފޯމް"ފޮނުވަންވީ އީމެއިލް: [email protected]
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 09 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ޑިސެމްބަރ 09 ވާ އާދިއްތަ ދުވަހުގެ 13:00ގައި އުނގޫފާރު ސްކޫލުގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 15 ވަނަ ދުވަހުގެ 13:00 ގައި އުނގޫފާރު ސްކޫލުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމެންޓް ސެކްޝަން:
އުނގޫފާރު ސްކޫލް،
އުނގޫފާރު، ދިވެހިރާއްޖެ.
ފޯން: 6580262
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
11 ޖުމާދަލްޢާޚިރާ 1447
02 ޑިސެމްބަރ 2025
02 ޑިސެންބަރު 2025