ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM/RDC/2025/104
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 07 ޑިސެންބަރު 2025 16:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

ވަޒީފާގެ ފުރުޞަތު

މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 ސީނިއަރ މެއިންޓެނެންސް އޮފިސަރ

 ބޭނުންވާ އަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ - ގްރޭޑް 1

 އަސާސީ މުސާރަ:

 މަހަކު -/7,000 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 -   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -   ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 -   ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ

 -   އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ   ފައިސާ  ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުޅުމާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި   ޒިންމާ  އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ލެވެލް 2 ގެ ސަނަދެއް   ހާސިލްކޮށްފައިވުން.

 ނުވަތަ،

 - މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތުގެ   ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 -  ސެކްޝަންގައިތިބޭ މުވައްޒަފުންނާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ އިމާރާތުގެ މަރާމާތުގެ   މަސައްކަތް ކުރުން.

 - ސެކްޝަންގެ އެންމެހާ ލިޔެކިޔުން ފުރިހަމަކުރުމަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން.

 - ކޯޕަރޭޝަންގެ އެންމެހާ އިމާރާތްތަކުގެ އާބާތުރަ ފިލުވުމާއި މަރާމާތުކޮށް ބެލެހެއްޓޭކަން   ޔަގީންކުރުން.

 -  ސެކްޝަންގެ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމަށް މުއާމަލާތް ކުރަންޖެހޭ   އެންމެހާ ފަރާތްތަކާއި މުއާމަލާތުކޮށް، ވީ އެންމެ އަވަހަކަށް އެތަކެތި ހޯދުމަށް މަސައްކަތްކުރުން.

 - ސެކްޝަންގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.

 - ސެކްޝަނާއި ހަވާލުކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ހޯދާ، އެ މައުލޫމާތު ސެކްޝަންގެ   މުއައްޒަފުންނަށް ފުރިހަމައަށް ފޯރުކޮށްދީ، ކުރެވޭ މަސައްކަތަކީ އެންމެ ފުރިހަމައަށް ކުރެވޭ   މަސައްކަތެއްކަން ކަށަވަރުކުރުން.

 - ސެކްޝަންގެ މަސައްކަތްތަކަށް ހޯދޭ ތަކެއްޗަކީ އެކަމަކަށް އެންމެ އެކަށީގެންވާ ރަނގަޅު   ތަކެތިކަން ޔަގީންކޮށް ކަށަވަރުކުރުން.

 - މަސައްކަތުގައި ގެންގުޅޭ އެންމެހާ އާލާތްތަކާއި މެޝިނަރީސް ރައްކާތެރިކަމާއި   ސާފުތާހިރުކަމާއި  އެކު ބެލެހެއްޓޭކަން ކަށަވަރުކުރުން.

 - މަސައްކަތު މާހައުލުގެ ސާފުތާހިރުކަން ބެލެހެއްޓޭކަން ކަށަވަރުކުރުން.

 - މަސައްކަތްތައް ރޭވުމާއި، ކުރުމުގައި ޚަރަދަށްބަލައި ކުންފުންޏަށް އެންމެ ފައިދާބޮޑުވާނެގޮތަކަށް   ކުރިޔަށް ގެންދިއުން.

 - ޑިޕާޓްމަންޓުން ހަވާލުވާ އެންމެހާ މަސައްކަތްތައް ޤަވާއިދުން ކުރެވެމުންދާކަން ޔަގީންކުރުން.

 - މަސައްކަތުގެ މާހައުލުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތަށް އެޅިގެން   މަސައްކަތް ކުރެވޭކަން ޔަގީންކޮށް ކަށަވަރުކުރުން.

 މަޤާމް:

 އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ

 ބޭނުންވާ އަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 5

 އަސާސީ މުސާރަ:

 މަހަކު -/5,000 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 -   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -   ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 -   ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ

 -   އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ   ފައިސާ  ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުޅުމާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި   ޒިންމާ  އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - އަސާސީ ތަޢުލީމު ލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

  - ސެކްޝަންގައިތިބޭ މުވައްޒަފުންނާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ އިމާރާތުގެ މަރާމާތުގެ   މަސައްކަތް ކުރުމުގައި އެހީތެރިވުން.

 - ސެކްޝަންގެ އެންމެހާ ލިޔެކިޔުން ފުރިހަމަކުރުމަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން.

 - ކޯޕަރޭޝަންގެ އެންމެހާ އިމާރާތްތަކުގެ އާބާތުރަ ފިލުވުމާއި މަރާމާތުކޮށް ބެލެހެއްޓުމުގައި   އެހީތެރިވުން.

 - މަސައްކަތުގައި ގެންގުޅޭ އެންމެހާ އާލާތްތަކާއި މެޝިނަރީސް ރައްކާތެރިކަމާއި   ސާފުތާހިރުކަމާއި  އެކު ބެލެހެއްޓުން.

 - މަސައްކަތު މާހައުލުގެ ސާފުތާހިރުކަން ބެލެހެއްޓުން.

 - މަސައްކަތްތައް ކުރުމުގައި ޚަރަދަށްބަލައި ކުންފުންޏަށް އެންމެ ފައިދާބޮޑުވާނެގޮތަކަށް ކުރިޔަށް   ގެންދިއުން.

 - ޑިޕާޓްމަންޓުން ހަވާލުވާ އެންމެހާ މަސައްކަތްތައް ޤަވާއިދުން ކުރުން.

 - މަސައްކަތުގެ މާހައުލުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތަށް އެޅިގެން   މަސައްކަތް ކުރެވޭކަން ޔަގީންކޮށް ކަށަވަރުކުރުން.

 - މަސައްކަތުގެ ދާއިރާގައި ހަވާލު ކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން.

 މަޤާމް:

 ސީނިއަރ ކާޕެންޓަރ

 ބޭނުންވާ އަދަދު:

 01 (އެކެއް )

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ - ގްރޭޑް 1

 އަސާސީ މުސާރަ:

 މަހަކު -/7,000 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 -   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -   ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 -   ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ

 -   އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ   ފައިސާ  ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުޅުމާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި   ޒިންމާ  އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ލެވެލް 2 ގެ ސަނަދެއް   ހާސިލްކޮށްފައިވުން.

 ނުވަތަ،

 - މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތުގެ   ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 - ވަޑާމުގެ މަސައްކަތަށް އެކަށީގެންވާ މުވައްޒަފުން ދެނެގަނެ މަސައްކަތްތައް ރާވައި ހިންގޭނެ   އިންތިޒާމް ހަމަޖެއްސުން.

 - ކާޕެންޓްރީގެ މަސައްކަތު ޑިއުޓީ ތާވަލް އެކުލަވައިލުމާއި އެއާއި އެއްގޮތަށް މަސައްކަތް   ކުރަމުންދާކަން ޔަގީން ކުރުން.

 - ކުންފުނީގެ އިމާރާތްތަކުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަރާމާތުތައް ދެނެގަނެ   މަރާމާތުކުރުވޭނެ އިންތިޒާމް ހަމަޖެއްސުން.

 - މާލެ ސައިޓް އޮފީހާއި މާލެ އަދި މާލެ ސަރަހައްދުގައި ހިމެނޭ ކުންފުނީގެ އޮފީސް   އިމާރާތްތަކުގެ އެންމެހައި މަރާމާތެއް ކުރުވުމާއި ކުރުން ( ކަރަންޓް، ފެންވައިރުކުރުން، ރޭނުން،   މެޝިނަރީ ސަރވިސް ކުރުން ).

 - އިމާރާތުގައި ދިމާވާ ކުއްލި މައްސަލަތައް ވަގުތުން ވަގުތަށް ހައްލުކުރުމަށް މަސައްކަތްކުރުން.

 - އޮފީހުގެ ބޭނުމަށް އެކި ރަށްރަށުގައި ހަދާ ކާސްޓިންގ ޔާޑު ފަދަ ތަންތަން ހެދުން.

 - ކުރަހާފަ ހަވާލުކުރާ ތަންތަނަށް ބޭނުންވާ ބީ.އޯ.ކިއު. ހެދުމަށް އެހީތެރިވެދިނުން.

 - މެޝިން ތަކުގެ ތައްގަނޑުތައް ( މައުލްޑް ) މަރާމާތު ކުރުވުން (ލަކުޑި).

 - ކުރެވޭ ހުރިހާ މަރާމާތެއް ވަކިން އެނގޭނެހެން ލޮގްކޮށް ބެލެހެއްޓުން.

 - ކާޕެންޓްރީ މަސައްކަތުގެ ޒިންމާ އޮންނަ ބިދޭސީ މުވައްޒަފުންނަށް މަސައްކަތައް ޓްރެއިނިންގ   ކުރުވައި މަސައްކަތްތައް.

 - ދުވަހު ރިޕޯޓަށް ބޭނުންވާ މައުލޫމާތުތައް ލިޔެ އިދާރީ މުވައްޒަފުންނަށް ލިބޭނެ ގޮތް ހެދުން.

 މަޤާމް:

 އެސިސްޓެންޓް ކާޕެންޓަރ

 ބޭނުންވާ އަދަދު:

 01 (އެކެއް )

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 5

 އަސާސީ މުސާރަ:

 މަހަކު -/5,000 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 -   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -   ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 -   ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ

 -   އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ   ފައިސާ  ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުޅުމާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި   ޒިންމާ  އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 އަސާސީ ތަޢުލީމު ލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

 ވަޒިފާގައި ކުރަންޖެހޭ މަ   އިގަނޑު މަސައްކަތްތައް:

 - ރޭވިފައިވާ މަސައްކަތްތައް އެކަށީގެންވާ މިންގަނޑައް ފުރިހަމަކުރުން.

 - ކާޕެންޓްރީގެ މަސައްކަތުގެ ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދިނުން.

 - ކޯޕަރޭޝަންގެ ސައިޓްތަކުގައި ދުވަހުން ދުވަހަށް ކުރަންޖެހިފައިވާ ކާޕެންޓްރީ މަސައްކަތް   ފުރިހަމަކުރުން.

 - ތައްޔާރުކުރަން ޖެހޭ ލަކުޑި ތައްގަނޑުތައް ( މައުލްޑް ) މަރާމާތު ކުރުމާއި ތައްޔާރުކުރުން.

 - ކުރެވޭ ހުރިހާ މަރާމާތެއް ވަކިންވަކިން އެނގޭނެހެން ލޮގްކޮށް ބެލެހެއްޓުން.

 - މަސައްކަތުގެ ދާއިރާގައި ހަވާލު ކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން.

 މަޤާމް:

 ސީނިއަރ އޮފިސަރ – ހެވީ ވެހިކަލް އެޗް.ވީ.އޭސީ ޓެކްނީޝަން، ރެފްރިޖެރޭޝަން އެންޑް   އެއަރކޮންޑިޝަނިންގ

 ބޭނުންވާ އަދަދު:

 01 (އެކެއް )

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ - ގްރޭޑް 2

 އަސާސީ މުސާރަ:

 މަހަކު -/ 7,250  ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 -   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -   ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 -   ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ   ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުޅުމާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި   ޒިންމާ  އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ލެވެލް 2 ގެ ސަނަދެއް   ހާސިލްކޮށްފައިވުން.

 ނުވަތަ،

 - މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތުގެ   ތަޖުރިބާ  ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 - ބަރު އުޅަނދުތަކުގައިވާ އެޗް.ވީ.އޭ.ސީ ނިޒާމުތައް އެޅުމާއި، ހަރުކުރުމުގެ މަސައްކަތް ކުރުން.

 - ކުންފުނީގެ އެންމެހާ އިމާރާތްތަކާއި ސައިޓުތަކުގެ އޭސީ ނިޒާމުތައް ހަރުކުރުމާއި ބެލެހެއްޓުމާއި   މަރާމާތުގެ އެންމެހާ މަސައްކަތްކުރުން.

 - އެޗް.ވީ.އޭސީ ނިޒާމުތަކުގެ ދިމާވާ މައްސަލަ ހައްލުކުރުމާއި ގަވާއިދުން ކުރަންޖެހޭ   ސާރވިސިންގ މަސައްކަތްތަކާއި، ބެލެހެއްޓުމުގެ މަސައްކަތްތައް (މިސާލަކަށް: ފިލްޓަރު   ބަދަލުކުރުން، ރެފްރިޖަރަންޓް ލެވެލް ޗެކްކުރުން، ކޮމްޕޯނެންޓްތައް ސާފުކުރުން) ކުރުން.

 -  ކޮމްޕްރެސަރ، ކޮންޑެންސަރ، އެވަޕަރޭޓަރ، ބްލޯވަރ މޮޓޯރ، ރެފްރިޖަރަންޓް ލައިންސް،   އަދި  ކޮންޓްރޯލް ޔުނިޓް ފަދަ އެޗް.ވީ.އޭ.ސީ ނިޒާމުގެ ބައިތައް މަރާމާތުކުރުން ނުވަތަ   ބަދަލުކުރުން.

 - ރެފްރިޖަރަންޓް ސިސްޓަމްތަކުގައި ލީކު ހުރިތޯ ބަލައި، އެ ލީކުތައް ބަންދުކުރުން.

 - ސެކްޝަންގައިތިބޭ މުވައްޒަފުންނާއިއެކު މަސައްކަތްކުރުމާއި، އެހެން މުއައްޒަފުންނަށް   އުނގަންނައިދިނުން.

 - ސެކްޝަންގެ އެންމެހާ ލިޔެކިޔުން ފުރިހަމަކުރުމަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން.

 - މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމަށް މުއާމަލާތް ކުރަންޖެހޭ އެންމެހާ   ފަރާތްތަކާއި މުއާމަލާތުކޮށް، ވީ އެންމެ އަވަހަކަށް އެތަކެތި ހޯދުމަށް މަސައްކަތްކުރުން.

 - ސެކްޝަނާއި ހަވާލުކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ހޯދާ، އެ މައުލޫމާތު ސެކްޝަންގެ   މުއައްޒަފުންނަށް ފުރިހަމައަށް ފޯރުކޮށްދީ، ކުރެވޭ މަސައްކަތަކީ އެންމެ ފުރިހަމައަށް ކުރެވޭ   މަސައްކަތެއްކަން ކަށަވަރުކުރުން.

 - ސެކްޝަންގެ މަސައްކަތްތަކަށް ހޯދޭ ތަކެއްޗަކީ އެކަމަކަށް އެންމެ އެކަށީގެންވާ ރަނގަޅު   ތަކެތިކަން ޔަގީންކޮށް ކަށަވަރުކުރުން.

 ސުންގަޑި:

 -   މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 07 ޑިސެމްބަރ   2025 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ   މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް   ފޮނުއްވުން އެދެމެވެ.

 ވަޒީފާއަށް އެދޭ ފޯމު މިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ  (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ.

 - މި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް   ކަނޑައަޅައިފިނަމަ އެކަނޑައަޅާ   ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

 

 ނޯޓް:  މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް   ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި   ދެންނެވީމެވެ. އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ   ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު   ޖެހުމަށް ދަންނަވަމެވެ.

 އިންޓަވިއު:

 މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޑިސެމްބަރު މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން   އެދެމެވެ.


02 ޑިސެންބަރު 2025