ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2025/185
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 07 ޑިސެންބަރު 2025 14:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީ ސައިޓްހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުގައިހުރި އާއްމުންގެ ތަކެތި ނެގުމާއިގުޅޭ

އެމް.ޓީ.ސީ.ސީ އިން މިރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެޓްތަކުގެ ސައިޓްހެދުމަށްޓަކައި ކުޑަކުދިންގެ ޕާކުގެ އުތުރުން 5000 އަކަފޫޓުގެ ބިމެއް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، ކުޑަކުދިންގެ ޕާކުގެ އުތުރުން ރަތްކުލައިން ފާހަގަކުރެވިފައިވާ ސަރަހައްދުގައިވާ އާއްމުންގެ ތަކެތި 7 ޑިސެމްބަރު 2025 ވަނަ ދުވަހުގެ ކުރިން ނަގައި ބިން ސާފުކުރުމަށް ދެންނެވީމެވެ.

          މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަންބަރު 6780041 ފޯނާގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

02 ޑިސެންބަރު 2025