ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)369-AS/369/2025/114
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 08 ޑިސެންބަރު 2025 14:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ އެކުލަވާލުން

        މި ކައުންސިލްގެ ނަންބަރު (IUL)369-PS/369/2025/110 (18 ނޮވެމްބަރ 2025) އިއުލާން އަދި  (IUL)369-AS/369/2025/111 (25 ނޮވެމްބަރ 2025)ގެ އިއުލާނަށްވެސް ތިރީގައިވާ މަޤާމްތަކަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، މި މަޤާމްތަކަށް ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ އެކުލަވާލުން

 

       ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން މިރަށުގައި ކުރިއަށް ގެންދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކޮށް، ދެފުށް ފެންނަ އަދި ޖަވާބުދާރީ ކުރުވޭނެ އުޞޫލުން މަސައްކަތް ކުރިޔަށް ގެންދިޔުމަށް "ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމެޓީ" އެކުލަވާލުމަށް ބޭނުންވެއެވެ.

            އެގޮތުން ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މަޤާމުތައް ތިރީގައި އެވަނީއެވެ.

            1. އިސްރަށްވެހިންގެ ތެރެއިން ކަނޑައަޅާ މެމްބަރު

            2. މަޝްރޫޢުގެ ފަންނީ ކަންކަމަށް ޚާއްޞަކޮށް ކަނޑައަޅާ މެމްބަރު

        ވީމާ، މިކޮމެޓީގައި މެމްބަރަކަށްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2025 ޑިސެމްބަރ 8 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ފޯމު ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

             "ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ ހިންގާ އުޞޫލު" މިއިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

ފޯމު ލިންކު: https://forms.fillout.com/t/akAo4ihgSdus

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޑިސެންބަރު 2025