ބީލަން
ނަންބަރު: (IUL)304-CA/304/2025/184
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 10 ޑިސެންބަރު 2025 12:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ-ޒޯން ލައިސަންސް ޓްރެކް ހަދައިދޭނެ ފަރާތެއް ހޯދުން (ދެވަނަ އިއުލާން)

މިއިދާރާއިން މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ ލައިސަންސް ޓްރެކްގެ މަސައްކަތް  ކޮށްދޭނެފަރާތެއް ހޯދުމަށް ކުރިން ކުރި އިއުލާން (ނަންބަރު: (IUL)304-CA/304/2025/76 ބާޠިލް ކުރުމަށް ފަހު ދެވަނަ ފަހަރަށް އެކަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެން 2025 ޑިސެމްބަރ 04 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާގެ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދެމެވެ. އަދި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރަށް ހުށަހަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ.    

 

 

ތާރީޚް

ދުވަސް

ގަޑި

ޕްރީ ބިޑް މީޓިންގ

04 ޑިސެމްބަރ 2025

ބުރާސްފަތި

12:00

އަންދާސީ ހިސާބު ހުށަހެޅުން

10 ޑިސެމްބަރ 2025

ބުދަ

12:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

01 ޑިސެންބަރު 2025