ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2025/88
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 07 ޑިސެންބަރު 2025 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބޭއްވުމަށް ހަމަޖެހިފައިވާ ފަހާކޯސް

ހދ. ކުމުންދޫ ތިލަދުންމަތީ ދެކުނުބުރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ފެޝަން އެންޑް އާޓްސް އާއި ގުޅިގެން 25-30 ދުވަހުގެ މުއްދަތައް ހިންގޭ، ފަހަން ދަސްކޮށްދޭ ބޭސިކް އެންޑް އެޑްވާންސް ކޯހެއް ހދ. ކުމުންދޫގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މި އިޢުލާނާއެކު އެއްކަރުދާސްކުރީމެވެ. ކޯހުގައި ބައިވެރިވުމަށް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 07 ޑިސެންބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:00 އެވެ.

މިކޯސް ކުރިއަށް ގެންދެވޭނީ 20 ބައިވެރިން ހަމަވާނަމައެވެ. އަދި 20 ބައިވެރިން ހަމަވާނަމަ ކޯހުގެ ފީ އެއްގެ ގޮތުގައި 1800/- ރުފިޔާ، 20 ބައިވެރިން ހަމަނުވާނަމަ 2000/- ރުފިޔާގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ. ކޯހަށް ބޭނުންވާ ތަކެތި ކޯސް ހިންގައިދޭ ފަރާތުން ފޯރުކޮށްދޭ ގޮތަށްވަނީ ހަމަޖެހިފައެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް 9860047 / 7515853 އަށް ގުޅާލަދެއްވުން އެދެމެވެ.

ނޯޓް: އެޑްވާންސް ފީ އެއްގެ ގޮތުގައި ހާފް ޕޭމެންޓް ނެގޭނެއެވެ.

ކޯހުގައި ދަސްކޮށްދެވޭނެ ބައިތައް:

  • ފަހާ ފޮށި ރޫޅާ ފަހާ ފޮއްޓަށް ދިމާވާ މައްސަލަ ހައްލު ކުރަން ދަސްކޮށްދިނުން.
  • ގައިން މިން ނަގަން ދަސްކޮށްދިނުން.
  • ހެދުމުން މިން ނަގަން ދަސްކޮށްދިނުން.
  • ޑިޒައިން ކުރަން ދަސްކޮށްދިނުން.
  • ކެނޑުމާއި ފެހުން ދަސްކޮށްދިނުން.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

01 ޑިސެންބަރު 2025