ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)400/INDIV/2015/52
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:38
ސުންގަޑި:
18 ނޮވެންބަރު 2015 13:00
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ނަންބަރު: (IUL)400/INDIV/2015/51 އިޢުލާން ބާޠިލުކޮށް ތިރީގައި ބަޔާންކޮށްފައިވާ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ލ.މާވަށު ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ ފަރުނީޗަރ ހޯދުމަށް ބޭނުންވެއްޖެ.
- 15 (ފަނަރަ) އެގްޒެކްޓިވް ގޮޑި (ލޯ ބެކް)
- 1 (އެކެއް) އެގްޒެކްޓިވް ގޮޑި (ހައި ބެކް)
- 2 (ދޭއް) ބެންޗު ހަތަރު ގޮޑީގެ
- 1 (އެކެއް) ކޮންފަރެންސް މޭޒު (12) ގޮޑީގެ
- 12 (ބާރަ) އެގްޒެކްޓިވް ގޮޑި (ލޯ ބެކް)
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހު 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
މާކްސްދެވޭ ކުރައިޓީރިއާ
|
މާކްސް ދެވޭގޮތް
|
ތަފުސީލު
|
ފޯމިއުލާ
|
|
މުދަލުގެ އަގު
|
65%
|
- މުދާ ގަތުމަށް ދެވޭ މާކްސް
- މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.
|
65 (ހުށަހެޅި އަގު / ހުށަހެޅި އެންމެ ކުޑައަގު)
|
|
މުދާ އިދާރާއާއި ހަމައަށް ގެނެވޭނެ މުއްދަތު
|
10% |
- މި އިދާރާއިން ފޮނުވާ ޕީއޯއަށް މުދާގަނެ ޙަވާލުކުރުމާއި އިދާރާއަށް މުދާ ފޯރުކޮށްދިނުމަކީވެސް އެފަރާތުގެ ޒިންމާއެކެވެ.
- މާކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރުމުއްދަތަކަށެވެ.
|
10 (ޕީއޯއަށް މުދާ ގަންނަ މުއްދަތު / ހުށަހެޅި އެންމެ ކުރު މުއްދަތު)
|
|
ކޮލެޓީ
|
15% |
- މުދަލުގެ ކޮލެޓީކަމުގައި ބަލައި ގަނެވޭނީ މުދަލުގެ ކޮލިޓީ އަންގައިދޭ ލިޔުމުމެއް ހުށަހެޅުމުންނެވެ.
- މާކްސްދެވޭނީ ހުށަހަޅާފައިވާ މުދަލުގެ ކޮލެޓީ އަންގައިދޭ ލިޔުންތައް މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން ކޮމެޓީން ބަލައި ފާސްވާ ލިޔުންތަކަށެވެ.
|
15 (އެންމެ ގިނައިން ހުށަހެޅި ލިޔުން / ހުށަހެޅި ލިޔުމުގެ ޢަދަދު)
|
|
މާލީ ޤާބިލުކަން
|
10% |
- މާލީގޮތުން މަސައްކަތުގެ ފެންވަރު ހުރިވަރު ބަލައި ދެވޭ މާރކުސް
- މާލީގޮތުން މަސައްކަތްކުރެވޭނެ ފެންވަރުހުރިކަން ބަލާނީ ހުށަހަޅާ ބޭންކް ގެރެންޓީ ފަދަ ރަސްމީ ލިޔުންތަކަށް ބަލައިގެން އެންމެ ގިނައިންއިން ހުރި ފައިސާގެ ޢަދަދަކީ ބެންޗް މާރކެއްކަމުގައި ބަލައިގެން ހުށަހަޅާފައިވާ ފައިސާގެ ޢަދަދުތަކުގެ މައްޗަށް ބަލައިގެން ލިބޭ % އަކުންނެވެ.
- މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ ފައިސާގެ ޢަދަދު އެންމެގިނައިންހުރި ފަރާތަކަށެވެ.
|
10 (ހުށަހެޅި ބޭންކް ސްޓޭޓްމެންޓްތަކުގެ ތެރެއިން އެންމެގިނަޢަދަދަކަށް ފައިސާ ހުރި ބޭންކް ސްޓޭޓްމެންޓް / ހުށަހެޅި ބޭންކް ސްޓޭޓްމެންޓްގައި ފައިސާ ހުރި ޢަދަދު)
|
26 މުޙައްރަމް 1437