ކުއްޔަށް ހިފުން
ނަންބަރު: (IUL)GS-23/PRIV/2025/24
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި:
10 ޑިސެންބަރު 2025 11:00
މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުން
މ.އަތޮޅު ތަޢުލީމީ މަރުކަޒު / މ. މުލި، އިޢުލާން ނަންބަރ(IUL)GS-23/PRIV/2025/24 :
ދިވެހިރާއްޖެ. ޕްރޮޖެކްޓް ނަންބަރު: GS23-2025-G-003
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2026 ވަނަ އަހަރު މުލި ނާލާފުށި ސްކޫލްފެރީ ކޮށްދޭނެ ފަރާތެއް ހޯދުން
- 1 ޖަނަވަރީ 2026 ން 31 ޑިސެމްބަރ 2026 އަށް މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޟިލްކުރަމުންދާ މ.ނާލާފުށީ ދަރިވަރުން މ.މުއްޔަށް ކިޔަވަން ގެނައުމާއި ގެންދިއުމަށް ފެރީ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 01 ން 2025 ޑިސެމްބަރ 09 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ އީމެއިލް: [email protected]
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 09 ވަނަ ދުވަހުގެކުރިން މި މަރުކަޒަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 10 ވަނަ ދުވަހުގެ 11:00 ގައިމ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މ. އަތޮޅު ތަޢުލީމީ މަރުކަޒު
މ. މުލި / ދިވެހިރާއްޖެ
ފޯން: 7952901
އީ-މެއިލް: [email protected]
01 ޑިސެންބަރު 2025