ދިވެހިރާއްޖެ
އިޢުލާން
ނ.ޅޮހި ހުދާ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން:
ނ.ޅޮހި މަސްޖިދުލް ހުދާ މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ދެންނެވިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
|
ބިޑް ރަޖިސްޓްރޭޝަން |
03 ޑިސެންބަރު 2025 |
12:00 |
ރަޖިސްޓްރީ ފޯމް ފުރާލައްވާ. |
|
މަޢުލޫމާތު ސާފުކުރުން |
03 ޑިސެންބަރު 2025 |
13:00 |
( ބުދަ ދުވަހުގެ 13:00 ގައި ހުދާ މިސްކިތް ކައިރީ) |
|
އަގު ހުށަހެޅުން |
09 ޑިސެންބަރު 2025 (އަންގާރަ) |
13:00 |
ޅޮހި ކައުންސިލް އިދާރާގެ މީޓިން ރޫމް |
ބިޑް ރެޖިސްޓުރީވާ ފަރާތަކަށް މަޢުލޫމާތު ސީޓް އަދި ބިޑް ފޯމް ފޮނުވައިދެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ވެސް އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވެވޭނެއެވެ. ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. މަތީގައި އެވާ ބިޑް ރަޖިސްޓުރޭޝަން ލިންކުން ރަޖިސްޓުރީ ވެވޭނެއެވެ. އަދި މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ 6560032 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
30 ނޮވެމްބަރ 2025