މަސައްކަތް
ނަންބަރު: (IUL)370-ESMS SC/370/2025/20
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 31 ޑިސެންބަރު 2025 00:13
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ލޯގޯ އާއި ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލުން

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ލޯގޯއާއި ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ހުށަހެޅުން ތަކުގެ ތެރެއިން ކޮމެޓީއިން ކަނޑައަޅާ ޝަރުތުތައް ހަމަވާ އަދި އެންމެ ރަނގަޅުކަމަށް ކޮމެޓީއިން ކަނޑައަޅާ ލޯގޯ އަދި ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާ ކުރެއްވި ފަރާތަކަށް 30000 ( ތިރީސްހާސް ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ކުރިން ލޯގޯއާއި ކޯޕަރޭޓް އައިޑެންޓީޓިގެ ޑިޒައިން ފީއަލީ ކައުންސިލްއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ފީއަލީ ކައުންސިލްގެ ރަސްމީ އީމެއިލް : [email protected] އަށް މެއިލް ކުރެއްވުމަށްވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ފީއަލީ ކައުންސިލްގެ ރަސްމީ ފޯން ނަންބަރު 6740012 އާއި ގުޅުއްވައިގެން ސާފުކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި އެކުގައި ލޯގޯ އަދި ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާކުރަން ބޭނުންވާ މަޢުލޫމާތު ޝީޓް އެޓޭޗް ކުރެވިފައި ވާނެއެވެ.

30 ނޮވެމްބަރ 2025

9 F   1447

 
   

 

 

 

        ނަދާ އާދަމް

        ކޮމެޓީގެ ނައިބްރައީސާ

30 ނޮވެންބަރު 2025