ދިވެހިރާއްޖެ
PC-418/2025/W-02 ޕްރޮޖެކްޓް ނަންބަރ
ގދ. ނަޑެއްލާގެ މަގުތަކުގައި ހަރުކުރަންޖެހިފައިވާ މަގުބައްތިތަކަށް ކޭބަލް އެޅުމަށް ބޭނުންވާ 600 މީޓަރުގެ 4 ކޯރ 16SQMM ކަރަންޓް ކޭބަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުރުވެރިވާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަކީ މިކަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 02 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މި މަސައްކަތުގެ ބީލަން ފޮތުގެ އަގަކީ، 250.00ރ (ދުއިސައްތަ ފަންސާސް ރުފިޔާ) އެވެ. ތިރީގައިވާ މި އިދާރާގެ ބޭންކް އެކައުންޓަށް ބީލަން ފޮތުގެ ފީ ދައްކައި ގޫގަލް ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކުރައްވައި ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރުމުގެ މުއްދަތު ނިމުމުން ރަސްމީ 1 ދުވަސް ތެރޭގައި ބީލަމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް ބީލަމާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް މެއިލް ކުރެވޭނެއެވެ. އަދި ކައުންސިލްގެ އިދާރާއިން މި ލިޔެކިޔުންތަކުގެ ހާޑް ކޮޕީ އެފަރާތްތަކަށް ލިބެންހުންނާނެއެވެ. އަދި މި ބީލަމުގައި ރަޖިސްޓަރ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
- އެކައުންޓް ނަންބަރ: 7710700367004
- އެކައުންޓް ނަން: KHARADHU 2 1469
- ގޫގަލް ފޯމް ލިންކް: https://tinyurl.com/frmcble
ބީލަން ހުށަހެޅުން އޮންނާނީ 10 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:30 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން އިދާރާއަށް އަންގަންވާނެއެވެ. ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގައި ބީލަމުގެ ނަން، އިޢުލާނުގެ ނަންބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ނޯޓް: މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.