ދިވެހިރާއްޖެ
އިޢުލާން
ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވުން
މި ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ކޮއްކޮ ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އަލުން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
|
ގްރޭޑް |
2026 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރުފުރާ |
|
ބޭބީ ނާސަރީ |
2025 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން ނުވަތަ ބެލެނިވެރިޔާ އެދިއްޖެނަމަ، 2026 ވަނަ އަހަރުގެ މާރިޗް 31 އަށް 2 އަހަރު ފުރޭ ކުދިންނަށް ފުރުޞަތު ދެވޭނެއެވެ. |
|
ނާސަރީ |
2025 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން ނުވަތަ ބެލެނިވެރިޔާ އެދިއްޖެނަމަ، 2026 ވަނަ އަހަރުގެ މާރިޗް 31 އަށް 3 އަހަރު ފުރޭ ކުދިންނަށް ފުރުޞަތު ދެވޭނެއެވެ. |
ޕްރީސްކޫލްގެ ދަރިވަރުންގެ މަހުފީގެ ގޮތުގައި ކައުންސިލުން ނިންމާފައިވަނީ މަހަކު 300/- (ތިން ސަތޭކަ) ރުފިޔާއެވެ.
މި އުމުރުގެ ކުދިން ސްކޫލަށް ވައްދަން ބޭނުންވާ ފަރާތްތަކުން 10 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ ކުރިން ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން "ޕްރީސްކޫލުގައި ދަރިވަރު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް" ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
30 ނޮވެންބަރު 2025
F 10 1447