ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267-CA/267/2025/90
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 08 ޑިސެންބަރު 2025 10:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުމުންދޫގެ ކަތިމަގުގައި ލައިޓްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ހދ.ކުމުންދޫގެ ކަތިމަގުގައި ލައިޓްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)267-ESMS/267/2025/81) އިޢުލާނާއި ގުޅިގެން މަސައްކަތައް ބީލަން ހުށަހެޅުމުގައި އެކަށޭނަ ޝައުޤުވެރިކަމެއް ފާޅުކޮށްފައިނުވާތީ މި އިޢުލާނާއި ބީލަންތައް ބާޠިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 8 ޑިސެންބަރ 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ލިންކް: https://forms.office.com/r/JJUnzQgt6n?origin=lprLink

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް: [email protected]

8 ޑިސެންބަރ 2025 (ހޯމަ)

10:00

ރަޖިސްޓަރ ވުމުގެ ސުން ގަޑި

8 ޑިސެންބަރ 2025 (ހޯމަ)

10:00

ޕްރީ ބިޑް ބައްދަލުވުން

8 ޑިސެންބަރ 2025 (ހޯމަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

11 ޑިސެންބަރ 2025 (ބުރާސްފަތި)

13:00

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި އަދި އިޢުލާނު ކުރެވިފައިވާ މަސައްކަތާއި ގުޅޭ ވިޔަފާރީގެ ހަރަކާތްތައް ރަޖިސްޓްރީ ކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.  

30 ނޮވެންބަރު 2025