|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް
|
30 ނޮވެންބަރު 2025
|
|
ނަންބަރު
|
(IUL)168-CA/1/2025/116
|
|
ކޮމިޝަން ބިއުރޯ
|
|
މަޤާމު:
|
ބިއުރޯ އެގްޒެކެޓިވް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/7,600 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
|
ރަސްމީ ގަޑި:
|
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
|
|
ޝަރުޠު:
|
1. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން އެޑްވާންސްޑް ސެޓިފިކެޓް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު) ޙާސިލްކޮށްފައިވުން
ނުވަތަ،
2. ދަށްވެގެން ޖީ.ސީ.އީ އޭ ލެވެލްގެ 2 މާއްދާއިން ފާސްވެފައިވުން
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކޮމިޝަން ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި ބައްދަލުވުންތަކުގެ ހާޟިރީ ބެލެހެއްޓުމާއި ބައްދަލުވުމާގުޅޭ އިދާރީ އެންމެހާ މަސައްކަތް ކުރުން.
- ކޮމިޝަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ޤަވާއިދުން ލިޔެ، އެއަށް ގެންނަންޖެހޭ އިސްލާހްތައް ޑިޕާޓްމަންޓްގެ ވެރިޔާގެ ލަފާގެމަތިން ދެ ހަފްތާގެ ތެރޭގައި ގެނެސް ޔައުމިއްޔާ ނިންމުން.
- ކޮމިޝަން ބައްދަލުވުމުގެ އިތުރުން ކޮމިޝަނުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ އެހެނިހެން ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓްމަންޓުތަކުން ހޯދައި، އަދި ބައްދަލުވުމުގެ ޕްރީ އިންފޮމޭޝަން ޝީޓް ޑިޕާޓްމަންޓުގެ ވެރިޔާގެ ލަފާގެ މަތިން ތައްޔާރުކޮށް ހިއްސާކުރުމާއި، ބައްދަލުވުމުގެ ޔައުމިއްޔާ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކޮމިޝަނުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކަށް ބޭނުންވާ ސްޕީޗް / ޕްރެޒެންޓޭޝަން އަދި މިއަށް ބޭނުންވާ އިތުރު މަޢުލޫމާތު ތައްޔާރުކުރުމުގައި ޑިޕާޓްމަންޓުގެ ވެރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮމިޝަނުގެ މެންބަރުން ބައިވެރިވާ ދަތުރުތަކުގައި އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންކަން ޑިޕާޓްމަންޓުގެ ވެރިޔާގެ ލަފާގެ މަތިން ހަމަޖެއްސުން އަދި ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ދަތުރުތަކުގައި ބައިވެރިވުން.
- ކޮމިޝަން މެންބަރުންނާ ބައްދަލުކުރުމަށް އެދޭ ފަރާތްތަކުގެ އެޕޮއިންޓްމަންޓްތައް ޑިޕާޓްމަންޓުގެ ވެރިޔާގެ ލަފާގެމަތީން އިންތިޒާމުކުރުމާއި، މި ބައްދަލުވުންތަކަށް ބޭނުންވާ ލިޔެކިޔުންތައް ކަމާގުޅޭ ފަރާތްތަކުން ހޯދައި ތައްޔާރުކުރުމާއި މި ބައްދަލުވުންތަކުގެ ރެކޯޑް ބެލެހެއްޓުމާއި މި ބައްދަލުވުންތަކާ ގުޅޭ އިތުރު މަސައްކަތެއް ވާނަމަ، އެ މަސައްކަތެއްގައި މެންބަރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮމިޝަން ބިއުރޯއަށް ލިބޭ ލިޔެކިޔުންތަކަށް ޑިޕާޓްމަންޓުގެ ވެރިޔާގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރެވޭ މިންވަރު ބެލުމަށް ތައްޔާރުކުރާ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ޑިޕާޓްމަންޓުގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮމިޝަނުގެ އިންޓަރނޭޝަނަލް ރިލޭޝަންސްގެ އެންމެހާ ކަންކަން ކޮމިޝަނުން ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ވިލަރެސްކޮށް ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ފަރާތްތަކަށް ފޮނުވަން ކަނޑައަޅާ މަޢުލޫމާތުތައް ދެމެހެއްޓެނިވި ގޮތެއްގައި އެ ފަރާތްތަކާ ހިއްސާކުރުން.
- ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާ/ޖަމާޢަތްތަކާއެކު މުއާމަލާތުކުރުމާއި ގުޅުން ބަދަހިކޮށް، ކުރަންޖެހޭ މަސައްކަތްތަކުގައި ޑިޕާޓްމަންޓުގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ކޯޓުތަކަށް އެކިއެކި ބަސްބަހަށް ތަރުޖަމާނުން ނުލިބޭ ހާލަތްތަކުގައި އެން.އެޗް.އާރު.އައިތައް މެދުވެރިކޮށް ތަރުޖަމާނުން ހަމަޖެއްސުމުގެ މަސައްކަތް ކުރުން.
- ކޮމިޝަން ބިއުރޯގެ އަހަރީ ވަރކްޕްލޭން ރިވިއުކުރުމުގައި ޑިޕާޓްމަންޓުގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮމިޝަން މެމްބަރުންގެ ހާޟިރީ އާއި ޗުއްޓީ ރެކޯޑްސް ބެލެހެއްޓުން.
- އެޗް.އޯ.ޑީ މީޓިންގްތަކާއި އަދި އެސިސްޓަންޓް ޑިރެކްޓަރ މީޓިންގްތަކުގެ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
- ސެކްރެޓަރީ ޖެނެރަލްއަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.
- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
- ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
|
|
ސުންގަޑި:
|
2025 ޑިސެންބަރު 9 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
|
|
އެހެނިހެން:
|
- މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
- މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
- ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.
- އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ނޯޓް: މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf) ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|