ވަޒީފާގެ ފުރުޞަތު
ނަންބަރު: PM/IL/2025/005
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 11 ޑިސެންބަރު 2025 15:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތް ކުރުމަށް ހުނަރުވެރި، ޤާބިލު އަދި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއިއެކު ކުރިއަށް ދިޔުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާއަކީ ދެ ޖިންސުގެ މީހުންނަށްވެސް ހަމަހަމަ ފުރުސަތު އޮތް ވަޒީފާއެކެވެ.

 


މަޤާމު:

ރިސްކް އެންޑް ކޮމްޕްލަޔަންސް އެސޯސިއޭޓް

ސެކްޝަން / ޑިވިޜަން

ލީގަލް، ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ލޯ، އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗެލާޒް ޑިގްރީ ހާސިލު ކޮށްފައިވުން. ނުވަތަ
  • އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުންފުނީގެ އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފްރޭމްވޯކް އެކުލަވާލުމާއި ތަންފީޒުކުރުމާއި ގުޅިގެން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް، ޗީފް ލީގަލް، ރިސްކް އެންޑް ކޮމްޕްލަޔަންސް އޮފިސަރގެ ބެލުމުގެ ދަށުން ކުރުން.
  • ކުންފުނީގެ ހުރިހާ ބިޒްނަސް ޔުނިޓްތަކާއި ގުޅިގެން ރިސްކް ރަޖިސްޓަރ އެކުލަވާލުމާއި، އެޔާއި ގުޅިގެން ރިސްކް މިޓިގޭޝަން ސްޓްރެޓެޖީ އެކުލަވާލާ ތަންފީޒުކޮށް މޮނިޓަރ ކުރުން.
  • ކުންފުނީގެ އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފްރޭމްވޯކާއި ކޮމްޕްލަޔަންސް ފްރޭމްވޯކް އާއި އެއްގޮތްވާގޮތުގެ މަތިން ޕޮލިސީތަކާއި ޕްރޮސީޖަރތަކާއި އެނޫންވެސް އެހެނިހެން ޑޮކިއުމެންޓްތައް އެކުލަވާލުމާއި، އެ ޑޮކިއުމެންޓްތައް އަޕްޑޭޓް ކުރުމަށްޓަކައި ކުރަންޖެހޭ ރިސާޗް ހެދުމާއި އެކަމާއި ގުޅުންހުރި ލަފާ މެނޭޖްމަންޓަށް ހުށަހެޅުން.
  • އިންޓަރނަލް އޮޑިޓަރުންނާއިއެކު އޮޑިޓްގެ މަސައްކަތްތައް ކުރުމުގައި މުއާމަލާތުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  • ރިސްކް މެނޭޖްމަންޓާއި ކޮމްޕްލަޔަންސް އާއި ގުޅިގެން މުވައްޒަފުންނަށް ޓްރެއިނިންގ ފޯރުކޮށްދިނުން.

މުސާރައާއި އިނާޔަތްތައް

20،500.00 – 22،300.00 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
  • ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.

ސުންގަޑި

11 ޑިސެންބަރު 2025 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް

 

ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް: [email protected]  އަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ އީމެއިލްގެ އިތުރުން ނަންބަރު 3012187 ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.

30 ނޮވެންބަރު 2025