މަސައްކަތް
ނަންބަރު: (IUL)296/296/2025/60
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 22:56
ސުންގަޑި: 08 ޑިސެންބަރު 2025 13:30
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޝާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ބޭރު ޙާފިޡަކު ގެނެއުމާ ގުޅޭ ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

            1447 ވަނަ އަހަރުގެ ރަމަޟާންމަހު ފޮއްދޫ މަސްޖިދުލްނަޞްރު މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ބޭރުން ޙާފިޡަކު ގެނެއުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ޑިސެމްބަރ 08 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން އަގު ބަޔާންކޮށް ކޯޓޭޝަން މިއިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޙާފިޡު ގެންނަފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.

  1.      ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
  2.     ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
  3.      ޙާފިޡު ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެންގޮސްދިނުން.
  4.   ޙާފޡު މާލޭގައި މަޑުކުރައްވާ ދުވަހުގެ ހުރުމާ ކެއުން ހަމަޖެއްސެވުން.
  5.      ރަމަޟާން މަސް ނިމުމުން،ޙާފިޡު އަނބުރައި މާލެ ގެނެސް އޭނާގެ ޤައުމަށް ފޮނުވާލުން
  6.       ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.

             މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާއްމުކުރައްވާފައިވާ ނަންބަރު: (IUL)142-B1/142/2025/231   19)ނޮވެމްބަރ 2025) އިޢުލާންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

                                   ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 ނޮވެންބަރު 2025