ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2025/206
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 17:43
ސުންގަޑި: 03 ޑިސެންބަރު 2025 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ

ތައުލީމީ ފެންވަރާއި ތަޖުރިބާ:

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއިއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

ކޯޕަރޭޝަނުން ބަލަހައްޓާ އިމާރާތްތަކާއި އަދި އެފަދަ އެހެނިހެން ތަންތަން ސާފުކޮށް ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް: 

  • ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ހަވާލުކުރެވޭ ސަރަހައްދު ކުނިކަހާ ސާފުކުރުން.
  • ސާފުކޮށް ބަލަހައްޓަން ހަވާލުކުރެވޭ ސަރަހައްދުން ނަގާ ކުނި ކަނޑައެޅިފައިވާ ތަނަކަށް ޖަމާކޮށް ސުޕަވައިޒަރަށް އެންގުން.
  • ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަށް އެއްބާރުލުން ދިނުން.
  • މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • ހީވާގިކަމާއިއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.  
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ފުރިހަމަ ސިއްހަތެއްގައި ހުރުން.
  • ގަޑިއަށް ފަރުވާތެރިވުމާއި ހަވާލުކުރެވޭ މަސައްކަތް ވަގުތައް ނިންމުން.

 

މުސާރަ: 10,500.00ރ 

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ 
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  • ސީވީ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ އެއް އަހަރުގެ ކޮންޓްރެކްޓެއް ހުށައެޅުމަށްފަހު، ދާއިމީ ކުރުމަށް ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމުމުންނެވެ).

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

27 ނޮވެންބަރު 2025