ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2025/71
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި:
15 ޖަނަވަރީ 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްޖިދުލް ފުރުޤާންގައި ނެވިލޯން އެޅުމަށްޓަކައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ހުޅުވާލުން
އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިރަށު ހުކުރު މިސްކިތް މަސްޖިދުލް ފުރުޤާންގައި ނެވިލޯން އެޅުމަށްޓަކައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމިސްކިތުގައި ނެވިލޯން އެޅުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުފުޅުވާ ފަރާތްތަކުން 15 ޖެނުއަރީ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލު އިދާރާގެ ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށްފަހު ފައިސާ ޖަމާކުރިކަމުގެ ސްލިޕް ކައުންސިލުގެ ވައިބަރ ނަމްބަރަށް ފޮނުއްވައިދެއްވުންއެދެމެވެ.
މިމިސްކިތުގައި ނެވިލޯން އެޅުމަށް ޚަރަދުވާނެކަމަށް ލަފާކުރާ ޖުމްލަ ޢަދަދަކީ 514,848.96 (ފަސްލައްކަ ސާދަހާސް އަށްސަތޭކަ އަށާޅިސް ރުފިޔާ / ނުވަދިހަހަލާރި) އެވެ.
- އެކައުންޓް ނަމްބަރ : 001 700408 7720
- އެކައުންޓްގެ ނަން : 1 ރެވިނިއު 1329
- ވައިބަރ ނަމްބަރ : 9589007
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
27 ނޮވެންބަރު 2025