ދެންނެވުން
ނަންބަރު: (IUL)381-C/381/2025/71
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 10 ޑިސެންބަރު 2025 18:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާ ސަރަހައްދު ސާފުކުރުމަށް

ދ.ކުޑަހުވަދޫ ސްޕޯރޓްސް އެރީނާގެ ހުޅަނގުކޮޅުގެ އެންމެ ދެކުނު ކޯޓުން ފެށިގެން އެއާރޕޯޓް މަގާ ހަމަޔަށް އަދި އިރުމަތީ ފަރާތުގައި ހަދަމުންދާ ވޮލީކޯޓުގެ ދެކުނުން ފެށިގެން އެއާރޕޯޓް މަގާ ހަމަޔަށް އެސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުއްގަހާއި އަދި ބަހައްޓާފައިވާ އެއްވެސް އެއްޗެއް ވާނަމަ 10 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތިނަގާ ނިންމުމަށް އަންގަމެވެ. މި މުއްދަތުގެ ފަހުން އެސަރަހައްދު ސާފްކުރަމުންދާއިރު އެސަރަހައްދުގައި ހުރިތަކެތި ނަގާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. ސްޕޯޓްސް އެރީނާއަށް ކަޑައެޅިފައިވާ ސަރަހައްދުގައި އެއްވެސް ފަރާތަކުން ތަކެތި ބެހެއްޓުމާއި ރުއްގަސް އިންދުމަކީ މަނާކަމެއްކަމުގައި ތަކުރާރުކޮށް އިއުލާންކޮށްފައި ވާނެކަމުގައި ދަންނަވަމެވެ.

           ވީމާ އިސްވެ ދެންނެވުނު މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ތަކެއްޗާއި މެދު ހަމަޖެހިފައިވާ އުސޫލުން އަމަލުކުރަމުން ދާނެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށްޓަކައި އަންގައި އިޢުލާން ކުރީމެވެ.

27 ނޮވެންބަރު 2025