ދެންނެވުން
ނަންބަރު: HDC(161)-CPT/IU/2025/213
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 17:20
ސުންގަޑި: 27 ނޮވެންބަރު 2025 23:59
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލެ ފޭސް 3 ބިން ހިއްކާ ސަރަޙައްދުގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރާއި އެހެނިހެން ތަކެތި ނެގުމާގުޅޭ

 ނަންބަރު: HDC(161)-CPT/IU/2025/213

އިޢުލާން

ހުޅުމާލެ ފޭސް 3 ބިން ހިއްކާ ސަރަޙައްދުގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރާއި އެހެނިހެން ތަކެތި ނެގުމާގުޅޭ

       މިކޯޕަރޭޝަނުގެ ނަންބަރު HDC(I61)-CPT/IU/2025/183 (30 އޮކްޓޯބަރު 2025)، ނަންބަރު HDC(I61)-CPT/IU/2025/187  (04 ނޮވެންބަރު 2025)، ނަންބަރު HDC(I61)-CPT/IU/2025/198 (09 ނޮވެމްބަރު 2025) އަދި ނަންބަރު HDC(I61)-CPT/IU/2025/201 (19 ނޮވެމްބަރު 2025) އިޢުލާނުތަކާ ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދެވުނު އިޢުލާންތަކާ އެއްގޮތަށް ނަގާފައިނުވާ އުޅަނދުތައް މިކޯޕަރޭޝަނުން ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި ދަންނަވަމެވެ. މީގެއިތުރުން، ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ކަނޑު އުޅަނދުފަހަރުގެ އިތުރުން އެހެނިހެން ތަކެތިވެސް ހުރިކަން މި ކޯޕަރޭޝަނުން ފާހަގަކުރަމެވެ. އެހެންކަމުން، މި އިޢުލާނުގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރުގެ އިތުރުން އެ ސަރަހައްދުގައިވާ އެހެނިހެން ތަކެތި 27 ނޮވެމްބަރ 2025 ގެ 23:59 ގެ ކުރިން އެ ސަރަހައްދުން ނަގައި، ޙަވާލާދީފައިވާ އިޢުލާންތަކުގައި އަންގާފައިވާ ފަދައިން އެ ސަރަހައްދު ހުސްކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

މި އިޢުލާނުގައިވާ ޗާޓުގައި ފާހަގަ ކޮށްފައިވާ ސަރަހައްދުން ބިން ހިއްކުމުގެ މަސައްކަތަށް ހުރަސްއެޅޭގޮތަށް އަޅާފައިވާ ކަނޑު އުޅަނދުފަހަރުގެ އިތުރުން އެސަރަހައްދުގައިވާ އެހެނިހެން ތަކެތި، ދެވިފައިވާ މުއްދަތުގައި ވެރިފަރާތުން ނަގާފައިނުވާ ނަމަ، މިކޯޕަރޭޝަނުން އެތަކެތި ނަގާނެކަމުގައި ދަންނަވެމެވެ. އަދި މިގޮތަށް އެތަކެތި ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ.

 

                     26 ނޮވެންބަރު   2025

                     05 ޖުމާދަލްއާޚިރާ 1447

 

26 ނޮވެންބަރު 2025