ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251/251/2025/94
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 02 ޑިސެންބަރު 2025 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކުރިއަށް ގެންދާ ކައްކަން ދަސްކޮށްދޭ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމާގުޅޭ

ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކަނބަލުންނަށް ޚާއްޞަކޮށްގެން ހިންގަން ހަމަޖެހިފައިވާ ކައްކަން ދަސްކޮށްދޭ ކޯސް، އެ ކޮމިޓީން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ކޯސް ހިންގުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 ޑިސެމްބަރު 02 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ރަޖިސްޓްރޭޝަން ފޯރމް ދިއްދޫ ކައުންސިލްގެ މެއިލް [email protected] އަށްމެއިލް ކުރެއްވުން އެދެމެވެ.

އަދި ކޯސް ހިންގައި ދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ހުށަހެޅުން އޮންނާނީ 4 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9545295 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

26 ނޮވެންބަރު 2025