ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން
ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ރަތަފަންދޫގައި ޤާއިމުކުރެވޭ 100x153 ފޫޓުގެ ފުޓްސެލްދަނޑުގެ ވަށާފާރު ރާނައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 1:00 އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެވާހަކަ ހަނދުމަފުޅުކޮށް އެރުވީމެވެ.
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
2. ކޮމްޕެނީ ޕްރޮފައިލް
3. އަމިއްލަ ފަރާތަކުންނަމަ އައީޑީ ކާޑުގެ ކޮޕީ
މިއިދާރާއިން ބަލާނެ ކަންތައްތައް
- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
 - ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.
 
އަގު ހުށަހެޅުން
- އަގުހުށަހަޅަންޖެހޭނީ ޖުމްލަ އަގުގެ އިތުރުން ވަކިން އަގު އެނގޭގޮތަށެވެ.
 - މާކްސް ދެވޭގޮތުގެ ތަފުސީލު:
 
| 
 މާކްސް ދެވޭނެ ކްރައިޓީރިއާ  | 
 މާކްސް ދެވޭގޮތް  | 
 ތަފުސީލު  | 
| 
 އަގު  | 
 70%  | 
  | 
| 
 މަސައްކަތް ނިންމާ މުއްދަތަށް  | 
 20%  | 
  | 
| 
 ތަޖުރިބާ  | 
 10%  | 
  | 
22 މުޙައްރަމް 1437