ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ހދ.ނައިވާދޫ ކުނިމެނޭޖްކުރާ ސެންޓަރަށް 350 ކިލޯގެ އޮޓޮމެޓިކް އޮރގަނިކް ވޭސްޓް ކޮންވަރޓަރ މެޝިނެއް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވާތީ، އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް |
ގަޑި |
|
ރަޖިސްޓްރީވުމުގެ ސުންގަޑި |
01 ޑިސެމްބަރު 2025 ، ހޯމަ |
10:00 |
|
ޕްރީ ބިޑް މީޓިންގ: |
30 ނޮވެމްބަރު 2025 ، އާދިއްތަ |
13:00 |
|
ބީލަންތައް ހުށަހެޅުމާއި ހުޅުވުން |
04 ޑިސެމްބަރު 2025، ބުރާސްފަތި |
10:00 |
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6520636 އަށެވެ. |
||
- ބިޑް ރަޖިސްޓްރީކުރާ ފޯމް:https://forms.office.com/r/hfknV56MJt
- ހދ.ނައިވާދޫ ކުނިމެނޭޖްކުރާ ސެންޓަރަށް 350 ކިލޯގެ އޮޓޮމެޓިކް އޮރގަނިކް ވޭސްޓް ކޮންވަރޓަރ މެޝިންނެއް ފޯރުކޮށްދިނުމުގެ މަސައްކަތަށް ބޭނުންވާ ސްޕެސިފިކޭޝަން ހިމެނޭ ބީލަން ފޮތް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫ ކުނިމެނޭޖްކުރާ ސެންޓަރަށް 350 ކިލޯގެ އޮޓޮމެޓިކް އޮރގަނިކް ވޭސްޓް ކޮންވަރޓަރ މެޝިންނެއް ފޯރުކޮށްދިނުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.