ބީލަން
ނަންބަރު: (IUL)271-ESMS/271/2025/52
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 27 ނޮވެންބަރު 2025 12:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ޕަބްލިކް ސާރވިސް ޕޯޓަލް އަދި ވެބްސައިޓް ތައްޔާރު ކުރާނެ ފަރާތެއް ހޯދުން

އިޢުލާން

ކައުންސިލްގެ ޕަބްލިކް ސާރވިސް ޕޯޓަލް އަދި ވެބްސައިޓް ތައްޔާރު ކުރާނެ ފަރާތެއް ހޯދުން

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކައުންސިލްގެ ޕަބްލިކް ސާރވިސް ޕޯޓަލް އަދި ވެބްސައިޓް ތައްޔާރު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 24 ނޮވެމްބަރު 2025 ހޯމަ ދުވަހުގެ 13:00ން ފެށިގެން  27 ނޮވެމްބަރު 2025 ބުރާސްފަތި ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms.office.com/r/etLf2AZqsZ

މަޢުލޫމާތު ދިނުން:

މިމަސައްކަތާއި ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯއްނާނެއެވެ. މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި ބިޑް ބުކް އަދި އަގު ހުށައަޅާ ފޯމް މިބީލަމުގައި  ރަޖިސްޓްރީ ކުރެވޭ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ

ބީލަން ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 3 ޑިސެމްބަރު 2025 (ބުދަ) ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް،އަދި މަޢުލޫމާތާއި ލިޔެކިޔުން ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

24 ނޮވެންބަރު 2025