ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-HR/IUL/2025/114
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 02 ޑިސެންބަރު 2025 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސިވިލް އިންޖިނިއަރ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ސިވިލް އިންޖިނިއަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޓެކްނިކަލް / މެނޭޖްމަންޓް

މުސާރައާއި ޢިނާޔަތްތައް

މަހަކު -/25,000 ރުފިޔާ

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ޕްރޮޕަޓީސް އެންޑް ސިވިލްވޯރކްސް

ބޭނުންވާ އަދަދު

02

ޝަރުޠު

  1. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  2. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު  5 އަހަރު ދުވަހުގެ ތަޖުރިބާ ތަޖުރިބާ ލިބިފައިވުން

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހަވާލުކުރެވިފައިވާ ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ޑިޒައިންކޮށް ޑިވެލޮޕްކޮށް ހިންގުން.
  2. ޕްރޮޖެކްޓްތައް އެކުލަވާލުމާއި ތަންފީޒުކުރުމުގެ މަރުހަލާގައިވެސް ޕްރޮޖެކްޓްތައް ބެލެހެއްޓުން.
  3. ޑިޒައިން ސްޕެސިފިކޭޝަންތަކާއި، ރައްކާތެރިކަމާއި، ސާފުތާހިރުކަމުގެ މިންގަނޑުތައް ފުރިހަމަވާތޯ ބެލުމަށްޓަކައި ހިނގަމުންދާ އަދި ނިމިފައިވާ އިމާރާތްތައް މޮނިޓަރކޮށް އިންސްޕެކްޓްކުރުން.
  4. ޕްލޭނިންގ ޕްރޮސެސްއާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި އުސޫލުތަކާއި މިންގަނޑުތަކުގެ ހުރިހާ ކަމެއް ތަބާވާކަން ކަށަވަރުކުރުން.
  5. ޙަވާލުކުރެވޭ ހުރިހާ މަޝްރޫޢުތަކެއް އެއްވެސް މައްސަލައެއް ނެތި ރަނގަޅަށް ހިންގޭތޯ ބެލުމަށްޓަކައި ޓާސްކް ރިލެވަންޓް ރިސާރޗް އަދި އެނަލިސިސް ހެދުން.
  6. އެތެރޭގެ އަދި ބޭރުގެ ސްޓޭކްހޯލްޑަރުންނަށް ޑިޒައިން ކޮންސަލްޓެންސީ ދިނުން.
  7. ލިޔެކިޔުންތައް ބަލަހައްޓައި ކޮލިޓީ ކޮންޓްރޯލްގެ މިންގަނޑުތަކަށް ތަބާވާކަން ކަށަވަރުކުރުން.
  8. ޕްރޮޖެކްޓްގެ ހާލަތާ ގުޅޭ ޕްރޮގްރެސް ރިޕޯޓްތައް ތައްޔާރުކުރުން.
  9. ކޯޕަރޭޝަންގެ ގާއިމްކުރެވިފައިވާ ޤަވާއިދުތަކާއި، އެސްއޯޕީތަކަށް ތަބާވެ އެއަށް އަމަލުކުރުން.
  10. ޑިޕާޓްމަންޓުން ހަވާލުކުރާ މަޤާމާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.
  11. ކޯޕަރޭޝަންގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަންގެ ހުރިހާ ޑިފާޓްމަންޓްތަކާއެކު މަސައްކަތްކުރުން.
  12. ކޯޕަރޭޝަންގެ ހިދުމަތްތައް އެންމެފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށްޓަކާ ކޯޕަރޭޝަންގެ ހުރިހާ ޑިޕާރޓްމަންޓްތަކާއި އެކު މަސައްކަތްކުރުމާއި ކޯޕަރޭޝަންއިން ހިންގާ އިތުރުހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި އަދި އަންގާ އެންގުންތަކަށް، ހާޒިރުވާންޖެހޭ ބައްދަލުވުންތަކަށް ހާޒިރުވުން އަދި އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުން.  
  13. މަސައްކަތުގެ މާޙަޢުލުގައި މަސައްކަތްކުރާއިރު މުޥައްޡަފުގެ ސިއްޙަތާއި ސަލާމަތްތެރިކަމަށް ބަލައިގެން، ކޯޕަރޭޝަންގައި ހެދިފައިވާ އެންމެހާ ސޭފްޓީ ރޫލްސް އެންޑް ރެގިއުލޭޝަންސް އަށް ޢަމަލުކުރުން. އަދި ކޯޕަރޭޝަންގައި ބާއްވާ އެކިއެކި ކުއްލި ޙާލަތްތަކުގައި މަސައްކަތް ކުރާނޭގޮތުގެ ތަމްރީން ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން
  • މީހުންނާއި ރަނގަޅަށް މުއާމަލާތްކުރަން އިނގޭ ފަރާތެއްކަމުގައިވުން
  • އިންޓަވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  4. (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. (ނ) އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.
  7. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 04 މަސްދުވަސް ހަމަނުވާ)
  8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  9. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2025 ޑިސެމްބަރ 02 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، ސާފު ރާއްޖެ ބިލްޑިންގ (ގްރައުންޑް ފްލޯރ)، ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެއަށް ހުށަހެޅުއްވުން، ނުވަތަ [email protected] އަށް މެއިލްކުރެއްވުން.

އިންޓަރވިއު:

- އިންޓަރވިއު ނޮވެންބަރު މަހުގައި ކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.

މަތީގައި ބަޔާން ކުރެވިފައިވާ އެޑްރެހަށް ނުވަތަ މެއިލްއަށް ލިބޭ ފޯމްތައް ފިޔަވާ އިތުރު ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް 3000581 ފޯނަށް ގުޅުއްވުން އެދެމެވެ.

24 ނޮވެންބަރު 2025