ތަމްރީނު
ނަންބަރު: (IUL)28-PM-1/1/2025/323
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 02 ޑިސެންބަރު 2025 12:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ސްކޮލަރޝިޕްގެ ފުރުޞަތު

 
 

ކޯސް: 1

ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީ (ޔޫ.އެސް.ސީ.ޖީ.އޭ) ކްލާސް އޮފް 2030

ޖާގައިގެ ޢަދަދު:

06

އިންސްޓިޓިއުޓް / ޤައުމު :

ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީ / އެމެރިކާ

ކޯސް ފެށޭ ތާރީޚް:

ޖޫން 2026

މުއްދަތު:

4 އަހަރު

ކޯހުގެ ބާވަތް

ކޯސްޓްގާޑް

ކޯހުން ހާޞިލްވާ ތަޢުލީމީ ފެންވަރު:

ބެޗްލަރސް ޑިގްރީ

ކުރިއަށް ދެވިދާނެ ދާއިރާތައް:

  1. ސިވިލް އިންޖިނިއަރިންގ
  2. މެކޭނިކަލް އިންޖިނިއަރިންގ
  3. އިލެކްޓްރިކަލް އިންޖިނިއަރިންގ
  4. ނޭވަލް އާރކިޓެކްޗަރ
  5. މެނޭޖްމަންޓް
  6. އޮޕަރޭޝަން ރިސަރޗް
  7. މެރިން އެންޑް އެންވަޔަރަންމަންޓަލް ސައިންސް
  8. ޕްރޮފެޝަނަލް މެރިޓައިމް ސްޓަޑީޒް
 

ސްޓްރެޓެޖިކް އިންޓެލިޖެންސް ސްޓަޑީޒް

  • މީގެ އިތުރުންވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާއި ބެހޭ މަޢުލޫމާތު އެކެޑަމީގެ އޮފިޝަލް ވެބްސައިޓް http://www.usafa.edu އިން ލިބިލައްވާނެ.

ޝަރުތު:

  • 2026 ވަނަ އަހަރުގެ ޖޫން 29 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުން.
  • އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ  ލެވެލްއާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއްކަމުގައިވުން. (މިގޮތުން ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  • ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައިވުން.
  • ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)
  • ޓެސްޓް އޮފް އިންގްލިޝް އޭޒް އަ  ފޮރިންގ ލޭންގުއޭޖު (TOEFL) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.

 

 

 

ސުންގަޑި

މިކޯހަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯރމް ފުރުއްވުމަށްފަހު، 2025 ޑިސެންބަރު 02 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެޕްލިކޭޝަން ފޯމް [email protected] އަށް މެއިލްކޮށްދެއްވުންއެދެމެވެ.

  • ކޯސް އެޕްލިކޭޝަން ފޯރމް އެމް.އެން.ޑީ.އެފްގެ އިންޓާނެޓް ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • މިކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިޑައިރަކްޓަރޭޓުގެ ނަންބަރު: 9871235 އަށް ގުޅުއްވުން އެދެމެވެ.

03 ޖުމާދަލްއާޚިރާ 1447
23 ނޮވެންބަރު 2025