ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)406-esms-a/PRIV/2025/4
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 09 ޑިސެންބަރު 2025 00:00
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮލަމާފުށީ ކައުންސިލްގެ މަސްރޭސް 2025

ކޮލަމާފުށީ ކައުންސިލްގެ މަސްރޭސް 2025  ބޭއްވުމާއިގުޅޭ :

           45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮލަމާފުށީ ކައުންސިލްއިން ރަށުފެންވަރުގައި މަސްރޭހެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި މަސްރޭސް ބޭއްވުމަށް ނިންމާފައިވަނީ 12 ޑިސެންބަރު 2025 ވާ ހުކުރު ދުވަހުގެ ހަވީރު 16:00  ފެށިގެން 22:00 އަށެވެ. މަސްރޭހުގައި ބައިވެރި ވުމަށް އެދި ހުށައަޅާ ފޯމް 23 ނޮވެމްބަރ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން

މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

           ވީމާ، މަސްރޭހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، 09 ޑިސެންބަރު 2025  ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މި އިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.                                                           

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                     02 ޖުމާދަލްއާހިރާ 1447

23 ނޮވެންބަރު 2025