ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-PD/266/2025/271
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 21 ޑިސެންބަރު 2025 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ކުޅުދުއްފުށި ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށް އަދި ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަޢާރަފްކޮށްފައިވާ، މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

މި ސްކީމްގެ ދަށުން ފައިސާ ދޫކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުޞޫލާއި ސްކީމަށް އެދި ހުށައަޅާ ފޯމު މި އިއުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.

އަދި މި ސްކީމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ 02 ސެޝަނެއް ތިރީގައިވާ ތާވަލާ އެއްގޮތަށް އެން.އޯ.ސީ އިމާރާތު ލަގޮނޑި މާލިމީ މަލަމުގައި (02 ވަނަ ފަންގިފިލާ) އޮންނާނެއެވެ.

ފިރިހެން ބޭފުޅުންނަށް ޚާއްސަކޮށް ބާއްވާ ސެޝަން

އަންހެން ބޭފުޅުންނަށް ޚާއްސަކޮށް ބާއްވާ ސެޝަން

ތާރީޚް: 30 ނޮވެމްބަރު 2025، އާދީއްތަ

ތާރީޚް: 29 ނޮވެމްބަރު 2025، ހޮނިހިރު

ގަޑި: 20:30

ގަޑި: 20:30

 

މި ސްކީމްގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން މިކަމަށް އެދޭ ފޯމާއި، ލިޔެކިޔުންތައް ތިރީގައިވާ އީމެއިލް މެދުވެރިކޮށް، 21 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.

އީމެއިލް: [email protected]

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ފޯން 6527153 އަށް ގުޅުއްވުން އެދެމެވެ.

23 ނޮވެންބަރު 2025