ދިވެހިރާއްޖެ
އިސްރަށްވެހިން ޕާކުގެ ވަށާފާރު އަދި އިސްރަށްވެހިންގޭގެ މަސައްކަތްތައް، މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި (ސިމެންތި، ހިލަ، ހިލަވެލި، ކޮންކުރީޓް ދަގަނޑު، ރިންގު ދަގަނޑު،ބަންނަނަރު، ގާ، ވެލި، އަދި ލަކުނޑިބެރި، ޓިނު) ދިނުމުން، އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ،މިދެންނެވި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ކައުންސިލުން ލިބެންހުންނާނެއެވެ.
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
30ނޮވެމްބަރ2025 |
އާދީއްތަ |
13:00 |
|
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި |
02ޑިސެމްބަރ2025 |
އަންގާރަ |
13:00 |
މިމަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6740015 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފޯމެއްގެ އަގަކީ -/100ރ. (ސަތޭކަ ރުފިޔާ) އެވެ. ފޯމު ގަތުމަށް ދައްކާ ފައިސާއަކީ ރީފަންޑު ކުރެވޭނެ ފައިސާއެއް ނޫނެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ޖުމާދަލްއޫލާ 1447