ޢާންމު މަޢުލޫމާތު
ނަންބަރު: GS93/I/2025/13
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 02 ޑިސެންބަރު 2025 11:00
ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރަށް ނެއްލައިދޫ ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްް ހޯދުން

ނަންބަރު: GS93/I/2025/13

ޕްރޮކިއުމަންޓް ނަންބަރު:02/2025

އިޢުލާން

ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުން

        2026 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގައިވާ ގޮތަށް ދިވެހިރާއްޖޭގެ ވިޔަފާރިއާއި ބެހޭ އިދާރާގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ވިޔަފާރި ރަޖިސްޓްރީނެތް އަމިއްލަ ފަރާތްތަކުން 2025 ނޮވެންބަރ 25 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2025 ޑިސެމްބަރ 02 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް އޮންނަންވާނެއެވެ.

      އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6520534 އާއި ގުޅުއްވުން އެދެމެވެ.

 

ނޯޓް: ވިޔަފާރި ރަޖިސްޓްރީނެތް  ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅުމަށްފަހު، ބިޑް އެފަރާތަކަށް އެވޯޑް ކުރެވިއްޖެނަމަ 1 މަސްދުވަހުގެ ތެރޭގައި ވިޔަފާރިއާއި ބެހޭ ޤާނޫނުގައިވާގޮތަށް ވިޔަފާރި ރަޖިސްޓްރީކޮށް ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ސްކޫލަށް ހުށަހަޅަންވާނެއެވެ.

 

29 ޖުމާދަލް އޫލާ 1447

20 ނޮވެންބަރު 2025

 

 

 

އިސްމާޢިލް ރަޝީދު

ޕްރިންސިޕަލް

20 ނޮވެންބަރު 2025