ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 10:30
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. އަތޮޅުގެ ރަށްރަށުގައި އެކޮމޮޑޭޝަން ބްލޮކް އިމާރާތްކޮށް ބޭނުންކުރުމުގެ އުސޫލު

އެއްވަނަ ބާބު

ފެށުން

 

ތަޢާރަފް

1.

(ހ)

 

 

(ށ)

މިއީ، ޤާނޫނު ނަންބަރު: 2007/10 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ

އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އިން އަތޮޅު ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލާފައިވާ އުސޫލެކެވެ.

މި އުސޫލުގެ ނަމަކީ (އދ. އަތޮޅުގެ ރަށްރަށުގައި އެކޮމޮޑޭޝަން ބްލޮކް އިމާރާތްކޮށް ބޭނުންކުރުމުގެ އުސޫލު)އެވެ.

 

އުސޫލު ހިނގާނެ ދާއިރާތައް

2.

 

މި އުސޫލު ހިނގާނީ އަރިއަތޮޅު ދެކުނުބުރީގެ 10 ރަށުގެ ރަށުކައުންސިލްތަކުގެ މައްޗަށެވެ.

ޢަމަލު ކުރަން ފަށާ ތާރީޚް

3.

 

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، އދ. އަތޮޅު ކައުންސިލުން ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

ދެވަނަ ބާބު

އެކޮމޮޑޭޝަން ބްލޮކްތަކުގެ ޕްލޭނިންގ އަދި ޢިމާރާތްކުރުން

 

ރަށް ކަނޑައެޅުން

4.

 

މި މަޝްރޫޢު ކުރިއަށް ގެންދާނެ ރަށް/ރަށްތަކުގެ ތަރުތީބު އަދި އަދަދު ކަނޑައަޅާނީ އަތޮޅު ކައުންސިލްގެ ޢާއްމު ޖަލްސާއިންނެވެ.

 

ބިން އެކަށައެޅުން

5.

(ހ)

 

 

(ށ)

(ނ)

 

 

(ރ)

މި މަޝްރޫޢުއަށް ކަނޑައަޅާނެ ބިމެއް އެކަށައަޅާނީ، އެ ބިމެއްގެ ބެލެނިވެރި

ކައުންސިލުން ބިން ހަމަޖެއްސުމަށްފަހު އަތޮޅު ކައުންސިލަށް ފޮނުވުމުން އަތޮޅު ކައުންސިލްގެ ޢާއްމު ޖަލްސާއިންނެވެ

މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ބިމުގެ އެންމެ ކުޑަ މިނަކީ 0002 އަކަފޫޓެވެ.

މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ރަށުކައުންސިލަކުން ފާސްކޮށްގެން، ކުރިން ކޮށްފައިވާ ޢިމާރާތެއް އަލުން މަރާމާތުކޮށްގެން ބޭނުންކުރުމަށް ހުށައަޅައި، އަތޮޅުކައުންސިލްގެ ޢާއްމު ޖަލްސާއިން ފާސްކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

އަތޮޅުކައުންސިލުން މި އުސޫލު ފާސްކޮށް ގެޒެޓްކުރުމަށްފަހު 2 މަސް ދުވަހުގެ ތެރޭގައި ރަށުކައުންސިލްތަކުން އިމާރާތްކުރުމަށް، ނުވަތަ މަރާމާތުކުރުމަށް ކަނޑައަޅާ އިމާރާތާއި ގޯތީގެ ތަފްސީލުތައް އަތޮޅުކައުންސިލަށް ފޮނުވަންވާނެއެވެ.

 

 

އެއްބަސްވުން

6.

(ހ)

އެކޮމޮޑޭޝަން ބްލޮކް އަޅާނެ ބިމެއް ކަނޑައެޅުމާއެކު އަތޮޅު ކައުންސިލާއި، އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ކަނޑައަޅާ ރަށާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރަންވާނެއެވެ. އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ:

  1. އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ކަނޑައަޅާ ބިން/އިމާރާތުގެ ތަފްސީލުތައް
  2. މަސައްކަތުގެ މުއްދަތު
  3. ފައިސާ ދޫކުރާނެ ގޮތާއި، އަނބުރާ ފައިސާ ދައްކާނެ ގޮތާއި، ފައިސާ ދިނުމަށްފަހު މަސައްކަތް މެދުކެނޑިއްޖެނަމަ އަމަލުކުރާނެ ގޮތުގެ ތަފްސީލުތައް
  4. އަތޮޅުކައުންސިލާއި ރަށު ކައުންސިލްގެ ޒިންމާތައް

 

ޢިމާރާތުގެ ކުރެހުން ފާސްކުރުން

8.

(ހ)

 

(ށ)

ޢިމާރާތުގެ ކުރެހުން ފާސްކުރާނީ ރަށުކައުންސިލުން ކުރެހުން ފާސްކޮށް އަތޮޅުކައުންސިލަށް ހުށައެޅުމުން، އަތޮޅު ކައުންސިލުންނެވެ.

އިމާރާތުގެ ކުރެހުން ވާންވާނީ ދިވެހިރާއްޖޭގައި ޢަމަލުކުރާ އިމާރާތްކުރުމާ ގުޅޭ ޤަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިން ތައްޔާރުކޮށްފައިވާ ކުރެހުމަކަށެވެ.

 

ޢިމާރާތްކުރުން

9.

(ހ)

 

 

(ށ)

ޢިމާރާތްކުރުން ނުވަތަ ޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ކުރަންވާނީ ރަށުކައުންސިލުން، މާލިއްޔަތު ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން، ބީލަމުގެ އުސޫލުންނެވެ.

މަސައްކަތް ކުރިއަށް ދާ މިންވަރު އަތޮޅުކައުންސިލުން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް މޮނިޓަރ ކުރަންވާނެއެވެ.

 

 

ތިންވަނަ ބާބު

ބަޖެޓް އަދި ފައިނޭންސިންގ

 

ފައިސާ ދިނުން

10.

(ހ)

 

(ށ)

 

(ނ)

 

(ރ)

 

 

(ބ)

އެކޮމޮޑޭޝަން ބްލޮކް އެޅުމަށްޓަކައި ކޮންމެ ރަށަކަށް ދޫކުރާނެ ފައިސާގެ އަދަދު ކަނޑައަޅާނީ އަތޮޅު ކައުންސިލުންނެވެ.

އެކޮމޮޑޭޝަން ބްލޮކް އެޅުމަށްޓަކައި ކޮންމެ ރަށަކަށް ދޫކުރާ ފައިސާގެ އަދަދު 500000 ރުފިޔާއަށްވުރެ ގިނަވެގެން ނުވާނެއެވެ.

އަތޮޅު ކައުންސިލްގެ ޢާއްމު ޖަލްސާއިން މީލާދީ އަހަރަކަށް ޢިމާރާތްކުރުމަށް ކަނޑައަޅާ މިންވަރަށް ބޭނުންވާނެ ފައިސާ އަތޮޅު ކައުންސިލްގެ ބަޖެޓުގައި ހިމަނަންވާނެއެވެ.

ރަށުކައުންސިލަކުން މިހާރު ކޮށްފައިވާ އިމާރާތެއް މަރާމާތުކޮށްގެން އެކޮމޮޑޭޝަން ބޮލޮކްގެ ގޮތުގައި ބޭނުންކުރުމަށް ކަނޑައަޅާނަމަ ފައިސާ ދޫކުރަންވާނީ މަރާމާތުކުރުމަށްފަހު، އިންވޮއިސްތައް އަތޮޅުކައުންސިލަށް ހުށައެޅުމުންނެވެ. 

އަލަށް އިމާރާތްކުރާ ރަށްރަށަށް ބަޖެޓު ދޫކުރަންވާނީ، ބައިބަޔަށް ބަހާލައިގެން މަސައްކަތް ފުރިހަމަ ކުރެވޭ މިންގަނޑަށް ބަލައިގެން، ކޮންމެ މަސައްކަތެއްވެސް ފުރިހަމަ ކުރުމަށްފަހު އިންވޮއިސްތައް އަތޮޅުކައުންސިލަށް ހުށައެޅުމުންނެވެ.

 

ފައިސާ އަނބުރާ ދެއްކުން

11.[MS1] 

(ހ)

 

(ށ)

 

(ނ)

 

 

 

(ނ)

އަތޮޅުކައުންސިލުން ކޮންމެ ރަށަކަށް ޕްރޮޖެކްޓް ހިންގުމަށް ދެވޭ ފައިސާ އަނބުރާ އަތޮޅު ކައުންސިލަށް ދައްކައި ފުރިހަމަ ކުރަންވާނެއެވެ

ފައިސާ އަނބުރާ ދައްކަންވާނީ 10 އަހަރު ދުވަހަށް ބަހާލައި، މަހުން މަހަށް ފައިސާ ދައްކާ އުސޫލުންނެވެ.

ފައިސާ އަނބުރާ ދައްކަން ފަށާނީ، އެކޮމޮޑޭޝަން ބްލޮކް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމަށްފަހުއެވެ. މި 1 އަހަރަކީ މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ދެވޭ އެއް އަހަރުދުވަހެވެ.

މި މާއްދާގެ (ށ) އަދި (ނ) ގައި އެހެން އޮތްނަމަވެސް، އަތޮޅު ކައުންސިލުން ފައިސާ ހަވާލުކުރުމަށްފަހު، މި އުސޫލުގެ ދަށުން ހަދާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާނަމަ، ނުވަތަ މަސައްކަތް ފުރިހަމަ ނުކޮށް ޕްރޮޖެކްޓް ހުއްޓިއްޖެނަމަ،  1 މަސް ދުވަހުގެ  ތެރޭގައި އެ ފައިސާ އަނބުރާ ދެއްކުމަށް ލިއުމުން އެ ރަށެއްގެ ރަށުކައުންސިލަށް އަންގަންވާނެއެވެ. އަދި ފައިސާ އަނބުރާ ނުދައްކައިފިނަމަ ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ޢިމާރާތް ބެލެހެއްޓުމާއި ކުއްޔަށްދިނުން

 

ފޯކަލް ޕޮއިންޓް ހަމަޖެއްސުން

12.

(ހ)

 

ކޮންމެ ރަށުކައުންސިލަކުންވެސް ޢިމާރާތް ކުއްޔަށްދޫކުރުމާއި ބެލެހެއްޓުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، ރަށުކައުންސިލުގެ މުވައްޒަފުންގެ ތެރެއިން ފޯކަލް ޕޮއިންޓެއް ހަމަޖައްސަންވާނެއެވެ.

 

ފޯކަލް ޕޮއިންޓްގެ ޒިންމާތައް

13.

(ހ)(ށ)(ނ)

ކުއްޔަށް ދޫކުރުމާގުޅޭ އިދާރީ މަސައްކަތްތައް ކުރުން

އިމާރާތް ބަލަހައްޓާއި ކުރަންޖެހޭ މަރާމާތުތައް ކުރުން

އިމާރާތުގެ ހާލަތާއި، އަދި އަހަރަކަށް ކުއްޔަށް ދޫކުރެވުނު ފަރާތްތަކާއި އަދި ލިބުނު ފައިސާގެ ތަފްސީލުތަކާގުޅޭ ރިޕޯޓުތައް އަހަރުން އަހަރަށް ތައްޔާރުކޮށް ބެލެހެއްޓުން

ކުލި

14.

(ހ)(ށ)

 

(ނ)

 

އިމާރާތް ދޫކުރަންވާނީ މަހު ކުލި އަދި ދުވަހު ކުއްޔަށެވެ.

މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް ދިގު މުއްދަތަކަށް ވަކި ފަރާތަކާ ވެވޭ އެއްބަސްވުމެއްގެ ދަށުން އިމާރާތް ކުއްޔަށް ދެވިދާނެއެވެ.

އިމާރާތުގެ ކުލީގެ ކަނޑައެޅޭ ޕަސެންޓެއް، ނުވަތަ ވަކި ފަންޑެއް އިމާރާތް ބެލެހެއްޓުމާއި މަރާމާތު ކުރުމަށްޓަކައި ވަކިން ބަލަހައްޓަންވާނެއެވެ.

ފައިސާ ޖަމާކުރުން

15.

 

ފައިސާ ޖަމާކުރާނީ އެ ޢިމާރާތެއް ހުންނަ ރަށެއްގެ ރަށު ކައުންސިލްގެ އެކައުންޓަށެވެ.

 

 

ފަސްވަނަ ބާބު

އާއްމު މާއްދާތައް

 

ފިޔަވަޅު އެޅުން

16.

 

އެއްވެސް ފަރާތަކުން އުސޫލާ ޚިލާފަށް ޢަމަލުކުރަމުންދާނަމަ، ލިޔުމުން އެކަމެއް އިސްލާޙުކުރަން އެންގުމާއިއެކު، ޖޫރިމަނާކުރުން ނުވަތަ މަސައްކަތް ހުއްޓާލަން އެންގުމުގެ ބާރު އަތޮޅުކައުންސިލަށް ލިބިގެންވެއެވެ.

 

އިސްލާހުކުރުން

17.

 

މި އުސޫލު އިސްލާހުކުރުމަށް ފެނިއްޖެނަމަ އެ މަސައްކަތް ކުރާނީ އަތޮޅު ކައުންސިލްގެ ޢާއްމު ޖަލްސާއަކުންނެވެ.

ޤާނޫނު ހިނގުން

18.

 

މި އުސޫލު ފާސްކުރުމަށްފަހު ޤާނޫނަށް އަންނަ ބަދަލަކާ ގުޅިގެން ކައުންސިލްތަކުގެ ހިންގުން އެހެން ނަމަކަށް ބަދަލުވިކަމުގައިވިއަސް މި އުސޫލު އެ އިދާރާއެއްގެ މައްޗަށް ހިނގާނެއެވެ.


 [MS1]އެކޮމޮޑޭޝަން ބޮލްކް އަޅަންފަށާ ވަކި ހިސާބަކުން ހުއްޓިފައިވާނާމަ ދެން ކިހެނެއްތޯވާނީ؟ ވަކ މުއްދަތެއް ދީފައި ނުފެށޭނަމަ އިމާރާތްކުރުމަށް ކޮށްފައިވާ ޚަރަދު (އިމާރާތް ކުރުމަށް އެ ރަށުކައުންސިލަކާއި ކޮންސްޓްރަކްޝަން ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ފާއިތުވެ  ވަކި މުއްދަތެއެް ދިނުމަށްފަހު) ފައިސާ ހޯދުުން.

ގްރޭސް ޕީރިއެޑް ގެ ގޮތުގައި ދެވޭ 1 އަހަރު ހިމެނޭނީ ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ 10 އަހަރު ތެރޭގައިތޯ)

 

05 އޮކްޓޫބަރު 2025