ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)369/369/2025/109
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:16
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު މަޑުއްވަރީ ފުޓްސަލް ދަނޑު ބޭނުންކުރުމުގެ އުސޫލު އާންމުކުރުން (އަދާހަމަކުރެވިފައިވާ)

           16 އޮކްޓުބަރު 2025 ވަނަ ދުވަހު ބޭއްވުނު މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ 191 ވަނަ އާންމު ބައްދަލުވުމުން، މ.މަޑުއްވަރީގައި ހޭންޑްބޯލް ކޯޓެއް ޤާއިމުކުރެވެންދެން، މ.މަޑުއްވަރީ ފުޓްސަލް ދަނޑުގައި ހޭންޑްބޯލް ކުޅުމަށް ދޫކުރުމަށް ނިންމާފައިވުމާއެކު، މ. މަޑުއްވަރީ ފުޓްސަލް ދަނޑު ދޫކުރުމަށް މި ކައުންސިލުން އާންމުކޮށްފައިވާ އުޞޫލަށް އެ ބަދަލުތައް ގެނެވިފައިވާކަމުގައި ދަންނަވަމެވެ.

           މި ބަދަލުތަކާއި އެކު މުލަކަތޮޅު މަޑުއްވަރީ ފުޓްސަލްދަނޑު ބޭނުންކުރުމުގެ އުޞޫލު އިސްލާޙުކޮށް އަދި 2025 ޑިސެމްބަރ 31 ގެ ނިޔަލަށް ހޭންޑްބޯލް ކުޅުމަށް ދަނޑު ދޫކުރާނީ އެއްވެސް ފީއެއް ނެގުމެއް ނެތިކަމުގައި މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އަދި މި ކުޅިވަރުކުޅުމަށް ޝައުޤުވެރިވެލެއްވާ ކުޅުންތެރިންނަށް ތަމްރީން ޕްރޮގްރާމެއް މި ކައުންސިލުން ކުރިޔަށް ގެންދާކަމުގައި ދަންނަވަމެވެ. މި އިޢުލާނާއެކު މުލަކަތޮޅު މަޑުއްވަރީ ފުޓްސަލް ދަނޑު ބޭނުންކުރުމުގެ އުޞޫލަށް ގެނެވިފައިވާ ބަދަލުތައް ހިމަނައި، ފުޓްސަލްދަނޑު ބޭނުންކުރުމުގެ އުޞޫލު އެއްކަރުދާސްކޮށް އާންމުކުރީމެވެ.

           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ނޮވެންބަރު 2025