ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)387/387/2025/52
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 25 ނޮވެންބަރު 2025 14:00
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރީންހޯދުން

މިރަށު ފިނިފެންމާގޭ ހަދީޖާ އުމަރު ދިރިއުޅުމަށް މިރަށު ފެނަކައޮފީސް ގޯތީގެ ހުޅަނގުން ފޮންދުމަގާ އިންވެގެން ހުޅަނގު އުތުރުން ދޫކޮށްފައިވާ ގޯތީގައި ހުރި ރުއްގަހުގެ ވެރީން ހޯދުމަށް ބޭނުންވާތީ އެ ގޯތީގައި އިން 8 ރުކުގައި މިއިދާރާއިންވާނީ 1 އިން 8 އަށް ނަމްބަރު ޖަހައިފައެވެ.

 ވީމާ، މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރީން 25 ނޮވެމްބަރ 2025 ވާ ބުދަދުވަހު 14.00 ކުރިން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. ފޯނުންނަމަ 6780036 އަށް އީމެއިލުންނަމަ [email protected] އަށް ކަމުގައި އަންގައި އިއުލާނުކުރަމެވެ

                   28 ޖުމާދުލްއޫލާ 1447

19 ނޮވެންބަރު 2025